Advertisement
ކ. މާލެ
|
2 ސެޕްޓެންބަރ 2019 | ހޯމަ 12:22
ރިޕޯޓްގެ ޑްރާފްޓެއް  ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަރުވަނީ
ރިޕޯޓްގެ ޑްރާފްޓެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަރުވަނީ
މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރިލްވާން މައްސަލައިގެ ޑްރާފްޓް ރައީސް ނަޝީދަށް އަރުވައިފި
ރިލްވާން ގެއްލުވާލާފައިވަނީ، އޮގަސްޓް، 8، 2014 ގައި
ޑްރާފްޓް ރައީސް ނަޝީދަށް އަރުވާފައިވަނީ މިއަދު
ޑްރާފްޓް ރިޕޯޓް ރައީސް ނަޝީދަށް އަރުވާފައި ވަނީ ކޮމިޝަންގެ ރައީސް

މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ރަހީނުކޮށް މަރާލި މައްސަލައިގެ ތަހުގީގު ރިޕޯޓްގެ ޑްރާފްޓެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަރުވައިފި އެވެ.

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހްގީގުކުރާ ކޮމިޝަންގެ ޑްރާފްޓް ރިޕޯޓް ރައީސް ނަޝީދަށް އަރުވާފައި ވަނީ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދެވެ.

ރިލްވާންގެ މައްސަލައިގައި ކޮމިޝަނަށް ފެންނަ ކަންކަން ހާމަ ކުރުމާއެކު އެކަންކަމާއި ގުޅިގެން ދައުވާ ކުރިއަށް ގެންދިއުން އަވަސް ކޮށްދެއްވުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

Advertisement

ރިލްވާން ގެއްލުވާލާފައިވަނީ، އޮގަސްޓް، 8، 2014 ގައެވެ.

ސުއޫދު ވިދާޅުވެފައިވަނީ ރިލްވާން ރަހީނުކޮށް، ޑިންގީއަކަށް ލައިގެން ގެންގޮސް ދޯންޏަކަށް އެރުވުމަށް ފަހު ޝަހާދަތް ލައިދިނުމަށް ފަހު މަރާލާފައިވާކަން މިހާތަނަށް ހޯދުނު ހެކިތަކުން އެނގިފައިވާ ކަމަށެވެ. ސުއޫދު ވަނީ ރާއްޖެއަށް ހަރުކަށި ވިސްނުން ފެތުރުމަށް މަސަތްކަތްކުރާ ތަންތަނާއި އެފަދަ މީހުން އެކަންތައް ކުރާ ގޮތުގެ ތަފްސީލް ވެސް ހިއްސާ ކޮށްފައެވެ. އޭނާ ގެއްލުވާލުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ބައެއް މީހުންގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށް ސުއޫދު ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
- ކޮމެންޓް
3 ސެޕްޓެންބަރ 2019 | އަންގާރަ 08:59
ސޭޓު
ތިޔާކިޔާ މަރު ކޮމިޓީ ރ.ނަޝީދަށް ޖަވާބުދާރީވާން ޖެހެނީ؟
2 ސެޕްޓެންބަރ 2019 | ހޯމަ 16:52
ޖަބީން
މި ސޫދުއަކީ ހުސްހޮޅިހޮއްލާ ތިމާމީހާ މަށްހޫރުވާން މަސައްކައްކުރާމީހެއް