ކ. މާލެ
|
2 ސެޕްޓެންބަރ 2019 | ހޯމަ 12:13
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
ޝުއައިބް މުހައްމަދު އިގްބާލް
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
ރިލްވާން މައްސަލައިގައި ކޮމިޝަނާއި އެކު ޕީޖީއިން މަސައްކަތް ފަށައިފި
ރިލްވާން ގެއްލުވާލާފައިވަނީ، އޮގަސްޓް، 7، 2014 ގައި

މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގައި މަރުތަކާއި ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނާއިއެކު މަސައްކަތް ޕްރޮސެކިއުޓަރ ޖެނެރަލް(ޕީޖީ)އިން ފަށައިފިއެވެ.

މަސައްކަތް ފަށާފައިވާކަން ހާމަކޮށް ޕީޖީއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ރިލްވާންގެ މައްސަލަ ރަސްމީކޮށް އެ އޮފީހަށް ހުށައެޅުމުން އިންސާފު ގާއިމް ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އަޅާނެކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

ރިލްވާންގެ ގެއްލުވާލައި، މަރާލި މައްސަލައާ ގުޅިގެން މައުލޫމަތު ދެއްވުމަށް ރިޔާސީ ކޮމިޝަނުން އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވީ ރިލްވާން ރަހީނުކުރުމަށް ފަހު، މަރާލި މައްސަލައިގެ ތަހުގީގަށް ހުރަސް އެޅިކަމުގެ ދައުވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި ފުލުސް ދެ އޮފިސަރުންނަށް ދައުވާ ކުރެވެން ޖެހޭނެ ކަމަށެވެ. އަދި އެ ކަމާ ގުޅޭ ގޮތުން ޕީޖީ ގެ ލަފައެއް ހޯއްދަވާނެ ކަމަށް ވިދާޅުވިއެވެ.

ރިލްވާން ގެއްލުވާލާފައިވަނީ، އޮގަސްޓް، 8، 2014 ގައެވެ.

ސުއޫދު ވިދާޅުވެފައިވަނީ ރިލްވާން ރަހީނުކޮށް، ޑިންގީއަކަށް ލައިގެން ގެންގޮސް ދޯންޏަކަށް އެރުވުމަށް ފަހު ޝަހާދަތް ލައިދިނުމަށް ފަހު މަރާލާފައިވާކަން މިހާތަނަށް ހޯދުނު ހެކިތަކުން އެނގިފައިވާ ކަމަށެވެ. އޭނާ ގެއްލުވާލުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ބައެއް މީހުންގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށް ސުއޫދު ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް