ކ. މާލެ
|
2 ސެޕްޓެންބަރ 2019 | ހޯމަ 10:55
ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރ އައިޝަތު އާޒިމާ ޝަކޫރު
ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރ އައިޝަތު އާޒިމާ ޝަކޫރު
ޓްވިޓަރ
ކްރިމިނަލް ކޯޓު
އާޒިމާއަށް ކުރާ ދައުވާގެ ޝަރީއަތުގެ އަޑުއެހުން މިއަދު 1:00 ގައި
މައްސަލަ ބައްލަވަނީ އިސް ގާޒީ އަހުމަދު ހައިލަމް
ދައުލަތުން ހުށައެޅި ޝަފައީ ހެކިންގެ ތެރޭގައި ކުރީގެ ރައީސް ޔާމީން ހިމެނޭ
އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައިވަނީ ޖުލައި މަހުގެ 18 ގައި

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރ އައިޝަތު އާޒިމާޝަކޫރުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑާ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާގެ އަޑުއެހުމެއް މިއަދު 1:00 އަށް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފިއެވެ.

އާޒިމާގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައިވަނީ ޖުލައި މަހުގެ 18 ގައެވެ. އެދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި އާޒިމާ ވަނީ އޭނާގެ މައްޗަށް ކުރާ ދައުވާގައި ހަވާލު ކުރި ލިޔުންތައް ޝަރީއަތަށް ގެންދެވުނީ މަދުން ކަމަށް ވިދާޅުވެ އިތުރު އަޑުއެހުމަކަށް އެދިފައެވެ. އެހެންކަމުން އޭނާއަށް އެ ދައުވާ ސާފު ނުވާ ކަމަށާއި ޝަރީއަތް ކުރިއަށް ގެންދަން ބޭނުންވެލައްވަނީ ލިޔުންތައް ފުރިހަމަ ކުރުމަށް ފަހު ކަމަށް ވިދާޅުވިއެވެ. އާޒިމާ ވަނީ ލިޔުންތައް ހުށައެޅުމަށް ދެ ހަފްތާއަށް އެދިލައްވާފައެވެ. އަދި މައްސަލަ ބައްލަވާ އިސްގާޒީ އަހުމަދު ހައިލަމް ވަނީ އެފުރުސަތު އާޒިމާއަށް ދެއްވާފައެވެ.

އާޒިމާގެ މައްޗަށް ކުރާ ދެ ދައުވާގައި ދައުލަތުން ހުށައެޅި ޝަފައީ ހެކިންގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، އޭސީސީގެ ރައީސް މުއައްވިޒު ރަޝީދާއި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔާތާއި އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީއާއި، މުހައްމަދު ޝަރީފް ހިމެނެއެވެ. ކިތާބީ ހެކިންގެ ގޮތުގައި ދައުލަތުގެ ފަރާތުން ހުށައަޅާފައިވަނީ ބީއެމްއެލްގައި ރައީސް ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓްގެ ތަފްސީލާއި، މިއަހަރުގެ ޖެނުއަރީގައި އާޒިމާ ފުލުހަށް ހާޒިރުކޮށް ނަގާފައިވާ ބަޔާނާއި އޭސީސީއިން އެސްކްރޯ އެކައުންޓެއް ހުޅުވުމަށް ވެފައިވާ އެއްބަސްވުމާއި، މުހައްމަދު ވަސީމް އިސްމާއިލްގެ އެކައުންޓްގެ ތަފްސީލާއި، ކުރީގެ ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރުގެ އެކައުންޓުގެ ތަފްސީލެވެ.

އެސްކްރޯ އެކައުންޓް ހެދުމުން އޭސީސީއިން ބަޔާން ނެގުމަށް ރައީސް ޔާމީން ހާޒިރު ކުރުމުގެ ކުރިން ރައީސް ޔާމީނާއި ކުރަންޖެހޭ ސުވާލުތައް އެކުލަވާލައި އެސުވާލުތައް އާޒިމާ ބޭނުންވެލައްވާ ގޮތަށް އޭސީސީގެ ތަހުގީގީ ޓީމްލައްވައި ކުރުވުމާއި ބަޔާން ނެގިއިރު ޑްރާފްޓް އޮންނަންވާނެ ގޮތާއި ޑްރާފްޓް އެކުލަވާލުމުގައި އާޒިމާ ބޭނުންވެލައްވާ ގޮތަށް އެކުލަވާލެއްވި ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

- ކޮމެންޓް