Advertisement
ކ. މާލެ
|
2 ސެޕްޓެންބަރ 2019 | ހޯމަ 09:33
މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލިސް
ރައީސް ނަޝީދު
ދައުވާތައް ކުރިއަށް ގެންދިއުން އަވަސް ކޮށްދެއްވާ : ރައީސް ނަޝީދު
ރާއްޖޭގައި ވަކި ހިއްޕާލާފައިވާ އަނދިރި ދައުލަތް އެއްކޮށް ރޫޅާލަން ޖެހޭ ކަމަށް
އަދި މޯލްޑިވްސް ޕޮލިސް ސާރވިސް، އެ މުއައްސަސާގެ ފުރިހަމަ ދައުރު އަދާކުރަންޖެހޭ ކަމަށް

ސުއޫދުގެ މަރުތަކުގެ ތަހުގީގުތަކުން ފެނިފައިވާ ކަންކަމާއި ގުޅޭގޮތުން ދައުވާ ކުރިއަށް ގެންދިއުން އަވަސް ކޮށްދެއްވުމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަންނަވައިފިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައެވެ.

Advertisement

ރައީސް ނަޝީދު ގެ ޓްވީޓުގައި ވަނީ ރާއްޖޭގައި ވަކި ހިއްޕާލާފައިވާ އަނދިރި ދައުލަތް އެއްކޮށް ރޫޅާލަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. މޯލްޑިވްސް ޕޮލިސް ސާރވިސް، އެ މުއައްސަސާގެ ފުރިހަމަ ދައުރު އަދާކުރަންޖެހޭ ކަމަށް ވެސް އެމަނިކުފާނުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

މިހާތަނަށް ހޯދިފައިވާ ހޯދުންތަކުން، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާނާއި, ޔާމީން ރަޝީދުގެ މަރުގެ އިތުރުން ޑރ އަފްރާޝީމްގެ މަރުގެ ތުހުމަތު ކުރެވެނީވެސް ހަރުކަށި ވިސްނުމުގެ ޖަމާއަތަކަށް ކަމަށް ގެއްލުވާލާފައިވާ މީހުންނާއި މަރާލައިފައިވާ މީހުންގެ ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވީ އާދީއްތަ ދުވަހުއެވެ. އާދިއްތަ ދުވަހުގެ މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުއްގައި ސުއޫދު ވަނީ ރާއްޖެއަށް ހަރުކަށި ވިސްނުން ފެތުރުމަށް މަސަތްކަތްކުރާ ތަންތަނާއި އެފަދަ މީހުން އެކަންތައް ކުރާ ގޮތުގެ ތަފްސީލް ވެސް ހިއްސާ ކޮށްފައެވެ.

Advertisement

Advertisement
- ކޮމެންޓް