ކ. މާލެ
|
2 ސެޕްޓެންބަރ 2019 | ހޯމަ 08:57
މި ހަފްލާގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ބައިވެރިވެވަޑައިގަންނަވާފައި
މި ހަފްލާގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ބައިވެރިވެވަޑައިގަންނަވާފައި
ޝުއައިބް މުހައްމަދު އިގްބާލް
ސައުތް އޭޝިޔަން ސްޕީކާރސް ސަމިޓް
ސައުތް އޭޝިޔަން ސްޕީކާރސްގެ ޝަރަފުގައި ރޭގަނޑުގެފަރިއްކޮޅެއް
ސަމިޓް ކުރިއަށްދާނީ މި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް
ސާރކްގެ ހަތް ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސުން ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާ
މިއީ މި ސަމިޓް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރު

4 ވަނަ ސައުތް އޭޝިޔަން ސްޕީކާރސް ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކުގެ ޝަރަފުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭގަނޑުގެ ފަރިއްކޮޅެއް ދެއްވައިފިއެވެ.

ބަނޑޮސް އައިލެންޑް ރިސޯރޓްގައި އޮތް މި ހަފްލާގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން ޤާނޫނުގެ ހަދާ މަޖިލީހުގެ ގިނަ މެމްބަރުންވެސް ވަނީ މި ހަފްލާގައި ބައިވެރިވެވަޑައިގަންނަވާފައެވެ.

ސެޕްޓެމްބަރުމަހުގެ 1 ވަނަ ދުވަހުން ފެށިގެން 2 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ސައުތް އޭޝިޔަސް ސްޕީކާރސް ސަމިޓް ހޮނިހިރުދުވަހު ފަށާފައިވާއިރު، ސަމިޓް މާދަމާގެ ނިޔަލަށް ކުރިއަށްދާނެއެވެ. ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދާ މި ސަމިޓްގައި ސާރކް ހަތް ޤައުމުގެ ޤާނޫނުގެ ހަދާ މަޖިލީހުގެ ރައީސުން ބައިވެރިވެވަޑައިގަންނަވައެވެ.

"ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް" ގެ ނަމުގައި ކުރިއަށްދާ މި ސަމިޓްގައި ދެމެހެއްޓެނިވި ތަރައްޤީއަށް ސާރކްގެ ޤައުމުތަކުން ކުރަމުން އަންނަ މަސައްކަތްތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވިގެންދާނެއެވެ. ސަމިޓްގައި މަޝްވަރާކުރެވިގެންދާނެ މުހިއްމު ކަންތައްތަކަކީ ވަޒީފާގެ މާހައުލުގައި ދެ ޖިންސުގެ ހަމަހަމަކަމާއި، ޒުވާނުން ވަޒީފާގެ މާހައުލަށް ނެރުމުގެ މުހިއްމު ކަމާއި، ފަޤީރުކަން ނައްތާލުމާއި، ފުރާވަރުގެ ކުދިންނަށް ރަނގަޅު ކާނާ ދިނުން ފަދަ މުހިއްމު ކަންތައް ހިމެނެއެވެ.

ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާ ޤާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުން "ފީލްޑް ޓްރިޕެއްގެ" ގޮތުގައި މާދަމާ ރަސްދޫއަށް ވަޑައިގަންނަވާނެއެވެ. އިންޓަރ ޕާލަމެންޓްރީ ޔޫނިއަން އިން އިސްނަގައިގެން 2016 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި ސަމިޓް އެންމެ ފުރަތަމަ ބާއްވާފައިވަނީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައެވެ. މި ދިޔަ އަހަރުގެ ސަމިޓް ބާއްވާފައިވަނީ ސްރީލަންކާގައެވެ.

- ކޮމެންޓް