ކ. މާލެ
|
1 ސެޕްޓެންބަރ 2019 | އާދީއްތަ 19:03
ގެއްލުވާލާފައިވާ މީހުންނާއި މަރާލައިފައިވާ މީހުންގެ ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު، ނޫސްވެރިންގެ ބައްދަލުވުމުގައި
ގެއްލުވާލާފައިވާ މީހުންނާއި މަރާލައިފައިވާ މީހުންގެ ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު، ނޫސްވެރިންގެ ބައްދަލުވުމުގައި
ރައީސް އޮފީސް
މަރުތަށް ބަލާ ކޮމިޝަން
ފުރުގާން މިސްކިތާއި، ނޫރު މިސްކިތަކީ ހަރުކަށި ޖަމާއަތުގެ މައި ހަބު: ސުއޫދު
މިސްކިތްތަކުގައި ޅަ ކުދިން ހެއްލުމަށް ޖަމާއަތުން މަސަތްކަތްކުރޭ

ފުރުގާން މިސްކިތާއި, ނޫރު މިސްކިތަކީ ހަރުކަށި ޖަމާއަތުގެ މީހުން ޅަ އުމުރުފުރައިގެ ކުދިން ހައްލާ މައި ހަބުތައް ކަމަށް ގެއްލުވާލާފައިވާ މީހުންނާއި މަރާލައިފައިވާ މީހުންގެ ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހުގެ މެންދުރުފަހު ރައިސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުއްގައި ސުއޫދު ވަނީ ރާއްޖެއަށް ހަރުކަށި ވިސްނުން ފެތުރުމަށް މަސަތްކަތްކުރާ ތަންތަނާއި އެފަދަ މީހުން އެކަންތައް ކުރާ ގޮތުގެ ތަފްސީލް ހިއްސާކޮށްފައެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާނާއި, ޔާމީން ރަޝީދުގެ މަރުގެ އިތުރުން ޑރ އަފްރާޝީމްގެ މަރުގެ ތުހުމަތު ކުރެވެނީވެސް ހަރުކަށި ވިސްނުމުގެ ޖަމާއަތަށް ކަމަށް ސުއޫދު ވިދާލުވިއެވެ. ދީނަށް ފުރައްސާރަކޮށް ސުންނަތާ ދެކޮޅު ހަދައި އެއް ޖިންސުން ގުޅުން ހިންގާ މީހުންނާ ދެކޮޅަށް ސަރުކާރުން ފިޔަވަޅު ނާޅާ ނަމަ ފިޔަވަޅު އެޅުމަކީ އެ މީހުންގެ މައްޗަށް އޮތް އައިނިއްޔަ ފަރުޟެއް ކަމަށައި އެފަދަ މީހުންނަށް އޮތީ މެރުން ކަމަށް އެ ޖަމާއަތުން ދެކެއެވެ.

ސުއޫދު ވިދާޅުވީ ހަނގުރާމައަށް މީހުން ފޮނުވަން މަސައްކަތްކުރަނީ 8 މީހުންގެ މައްޗަށް އެކުލެވޭ "ސެލްތަކެއް" ކަމަށާއި ހުރިހާ ސެލްތަކެއްގެ މައްޗަށް އޮންނަނީ ބޮޑު ޖަމާއަތެއް ކަމަށެވެ.

މިހެން ހަދަނީ ހަރަކާތްތައް ހިންގާ މީހުން ހޯދައިގަތުން އުނދަގޫ ކުރުމަށް ކަމަށާއި ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ވެސް ހައްޔަރުކޮށްފައި އެ ތިބީ އެފަދަ ކުޑަ ސެލްއެއް ކަމަށް ސުއޫދު ވިދާޅުވިއެވެ. އެފަދަ ފަރާތްތަށް އޮޕަރޭޓް ކުރާ ގޮތް ހިއްސާކޮށް ސުއޫދު ވިދާޅުވީ ކޮންމެ ސެލްއެއްގައި "އަމީރު" އެއް ހުންނަކަމަށެވެ.

ކޮންމެ އަމީރަކު އެ ސެލްއަކަށް މީހުން ރެކްރޫޓްކުރަން މަސައްކަތްކުރާކަަމަށާއި ޒުވާނުންނާއި ސްކޫލް ކުދިންން ޖަޒުބާތުގައި ޖައްސަން އުންމަތުގެ ވާހަކަ ދައްކާ ކަމަށެވެ. އަދި ޕްރޮޕަގެންޑާ ވީޑިއޯ ދެއްކުމަށް ފަހު އެ މީހުންނަކީ މުޖާހިދުންގެ ފަރާތުން ރާއްޖެ އަށް ކަނޑައަޅާފައިވާ މީހުން ކަމަށާއި އަމީރުންނަށް ކިޔަމަންނުވާ މީހުންނަކީ އުންމަތުގެ މީހުން ނޫން ކަމަށް ބުނާ ކަމަށް ވެސް ސުއޫދު ވިދާޅުވިއެވެ.

މި ޖަމާއަތްތަކުން ފަންޑުކުރުމަށްޓަކައި ރާއްޖޭގެ އެކި ސަރަހައްދަތުތަކުގައި އަންނަނީ ވިޔަފާރިކުރުމުންނެވެ.

- ކޮމެންޓް
1 ސެޕްޓެންބަރ 2019 | އާދީއްތަ 21:07
އެފޭ
މިސްކިތަށް ނާރަނީ ކޮން ފިކުރެއްބާ؟
1 ސެޕްޓެންބަރ 2019 | އާދީއްތަ 19:26
އެކޮއި
ކިތައްމެ މަތީމަގާމުގަ ހުރިކަމުގަ ވިއަސް ސޫދު ތިމާއައް ނޭގޭވާހަތައް ސޯސަލް މީޑިއާތަކުގަ ނުދައްކަވާ ސޫދުގެ އަގު ވެއްޓިގެން ހިގާދާނެ