Advertisement
ކ. މާލެ
|
1 ސެޕްޓެންބަރ 2019 | އާދީއްތަ 18:08
ރައީސް ސޯލިހު ލަންކާ އަށް ކުރެއްވި ދަތުރުފުޅުގައި ބޮޑު ވަޒީރު ރަނިލް އާއި އެކު
ރައީސް ސޯލިހު ލަންކާ އަށް ކުރެއްވި ދަތުރުފުޅުގައި ބޮޑު ވަޒީރު ރަނިލް އާއި އެކު
ރައީސް އޮފީސް
ސްރީލަންކާ- ދިވެހިރާއްޖެ
ރަނިލް ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި މުހިއްމު އެއްބަސްވުންތަކެއްގައި ސޮއިކުރަނީ
ރާއްޖެވަޑައިގަންނަވާނީ ހޯމަ ދުވަހު
އިންޑިއަން އޯޝަން ކޮންފަރެންސް ގައި ބައިވެރިވެވަޑައިގަންނަވާނެ
ރައީސްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ސްރިލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ދިވެހިރާއްޖެ އަށް ކުރައްވާ ދަތުރުފުޅުގައި ސްރީލަންކާ އާއި ރާއްޖެއާ ދެމެދު މުހިއްމު އެއްބަސްވުންތަކެއްގައި ސޮއިކުރަައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ރަނިލް ރާއްޖެ އަށް ވަޑައިގަންނަވާނީ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ބޮޑުވަޒީރު ރަނިލްގެ މިދަތުރުފުޅުގައި އަނބިކަނބަލުން ޕްރޮފެސަރ މައިތިރީ ވިކްރަމަސިންހަ އާއި އެ ގައުމުގެ މަތީފެންވަރުގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވައެވެ. އެ ދަތުރުފުޅުގައި މި ހަފްތާގެ އަންގާރަ އިން ބުދަ އަށް ބާއްވާ އިންޑިއަން އޯޝަން ކޮންފަރެންސް 2019 ގައި ރަނިމް ބައިވެރިވެވަޑައިގެން އެ ކޮންފަރެންސް ޗެއާ ކުރައްވާގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.

Advertisement

އެ ދަތުރުފުޅާއި ބެހޭ ގޮތުން ރާއްޖެ.އެމްވީ އަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، ރަނިލްގެ ދަތުރުފުޅުގައި ވިސާގެ ލުއިތަކެއް ލިބިދޭ އެމްއޯޔޫ އަކާއި، އިޖްތިމާއި ރައްކާތެރިކަމުގެ އެމްއޯޔޫ އެއްގެ އިތުރުން ޒުވާނުންގެ ތަރައްގީގެ އެމްއޯޔޫ އެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ލަންކާގެ ބޮޑު ވަޒީރު ރާއްޖެއަށް ދަތުރުފުޅެއް ކުރައްވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މި އަހަރު ފެބްރުއަރީ ސްރީލަންކާގެ ރައީސްގެ ދައުވަތަކަށް އެގައުމަށް ދަތުރުފުޅެއް ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް