Advertisement
ކ. މާލެ
|
1 ސެޕްޓެންބަރ 2019 | އާދީއްތަ 11:18
ވެމްކޯގެ މުވައްޒަފެއް ކުނި ހިފައިގެން ދަނީ
ވެމްކޯގެ މުވައްޒަފެއް ކުނި ހިފައިގެން ދަނީ
މުހައްމަދު ޝަރުހާން
ވެމްކޯ
މުވައްޒަފުންނަށް އަނިޔާ ކުރުން ތަކުރާރު ނުކުރުމަށް ވެމްކޯއިން އެދެފި
ވެމްކޯގެ މުވައްޒަފަކަށް އަނިޔާކުރާ ވީޑިއޯއެއް ވަނީ އާންމު ވެފައި
މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި މައްސަލަ ބަލަމުންދާނެ ކަމަށް ވެމްކޯއިން ބުނޭ
މުއައްޒަފުންނަކީ ރައްޔިތުންނަށް ސާފު ވެއްޓެއް ގާއިމްކުރުމަށް ބުރަ މަސައްކަތް ކުރާ ބައެއް

ތަނުގެ މުވައްޒަފުންނަށް އަނިޔާ ކުރުން ތަކުރާރު ނުކުރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް(ވެމްކޯ)އިން އިލްތިމާސް ކޮށްފިއެވެ.

ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެތަނުގެ މުއައްޒަފުންނަކީ ރައްޔިތުންނަށް ސާފު ވެއްޓެއް ގާއިމްކުރުމަށް ބުރަ މަސައްކަތް ކުރާ ބައެއް ކަމަށެވެ. މަދުން ނަމަވެސް މުވައްޒަފުންނަށް އަނިޔާކުރާކަން ފާހަގަ ވެފައިވާ ކަމަށާއި އެފަދަ ކަންތައްތަކަކީ އެއްވެސް ހާލެއްގައި ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

އެފަދަ އަމަލުތައް ހިންގާ ފަރާތްތަކުގެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށައަޅާނެ ކަމަށް ވެސް ވެމްކޯގެ ބަޔާނުގައި ވަނީ ބުނެފައެވެ. އަދި އެތަނުގައި މަސައްކަތް ކުރާ މުއައްޒަފުންނަށް ރައްކާތެރި މަސައްކަތުގެ މާހައުލެއް ގާއިމް ކޮށްދިނުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން އެކުންފުނިން ވަނީ ދީފައެވެ.

Advertisement

ވެމްކޯއިން ބަޔާން ނެރެފައިވަނީ މާލޭ މަގުމަތީގައި އެކުންފުނީގެ މުވައްޒަފަކަށް އަނިޔާކުރާ ވީޑިއޯއެއް އާންމުވެފައި ވަނިކޮށެވެ.

ސޯޝަލް މީޑިއާގައި އާންމު ވެފައިވާ އެ ވީޑިއޯއިން ފެންނަ ގޮތުގައި އާންމު ރައްޔިތަކު ޕީވީސީ ހޮޅިއަކުން ވެމްކޯގެ މުއައްޒަފެއްގެ ގައިގައި ތަޅާ އަނިޔާކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް