Advertisement
ކ. މާލެ
|
1 ސެޕްޓެންބަރ 2019 | އާދީއްތަ 08:19
ނައިބް ރައީސް ފައިސަލް ނަސީމް
ނައިބް ރައީސް ފައިސަލް ނަސީމް
ރައީސް އޮފީސް
ނައިބް ރައީސް
ޤާރީންނާއި ޙާފިޡުން ބޭރުން ގެނައުމުގެ ބަދަލުގައި ރާއްޖެއިން އެކަން ހަމަޖެއްސޭނެ ގޮތެއް ހޯދަންޖެހޭ: ނައިބް ރައީސް
ސްކޫލްތަކާއި ޤުރުއާނާ ބެހޭ މަރުކަޒުން އިސްނަންގަވައިގެން ރަނގަޅު ޕްލޭނަކާއެކު މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންނެވި
މި މުބާރާތުގައި ޖުމްލަ 1273 ފަރާތަކުން ބައިވެރިވޭ

ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ޤައުމެއް ކަމުގައި ވީނަމަވެސް ކޮންމެ ރޯދަ މަހަކާ ދިމާކޮށް ޤާރީންނާއި ޙާފިޡުން ފަދަ ފަރާތްތައް ރާއްޖެއިން ބޭރުން ގެންނަންޖެހުމަކީ ވިސްނާލަންޖެހޭ ކަމެއް ކަމަށާ، އޭގެ ބަދަލުގައި ރާއްޖެއިން އެކަންކުރެވޭނެ ގޮތެއް ހޯދަން ޖެހޭކަމުގައި ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ކީރިތި ޤުރުއާން ކިޔެވުމުގެ 33 ވަނަ ޤައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ ރާއްޖެއިން މިހާރުވެސް ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތްތަކާއި ބޭރުގެ އެކިއެކި މުބާރާތްތަކުގައި ބައިވެރިވަމުންދާކަމަށެވެ.

އަދި ރަމްޟާންމަހު ޤާރީން ބޭރުން ނުގެނެސް ރާއްޖެއިން އެކަން ހަމަޖެއްސުމުގެ މަޤްޞަދުގައި މަސައްކަތްކޮށްފިނަމަ ދާދި އަވަހަށް އެކަން ކާމިޔާބުވެދާނެ ކަމަށެވެ.

އެގޮތުން ސްކޫލްތަކާއި ޤުރުއާނާ ބެހޭ މަރުކަޒުން އިސްނަންގަވައިގެން މިކަންފުރިހަމަ ކުރުމުގައި ރަނގަޅު ޕްލޭނަކާއެކު މަސައްކަތް ކޮށްދެއްވުމަށް އެފަރާތްތަކުގެ ކިބައިން ނައިބު ރައީސް އެދިވަޑައިގެންނެވިއެވެ.

Advertisement

މީގެ އިތުރުން ޤުރުއާން ކިޔަވައި އޭގެ މާނަ ދަސްކުރާ ބަޔަކަށް ވުމަށާއި ޤުރުއާނުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުތައް ބެހެއްޓުމަށް ދަރިންނަށް ނަޞޭޙަތްތެރިވެދެއްވައި އެކަމަށް ބާރުއަޅުއްވައި ދެއްވުމަށް ބެލެނިވެރިންގެ ކިބައިން ނައިބު ރައީސް އެދިވަޑައިގެންނެވިއެވެ.

ޤުރުއާނަށް ކުދިންގެ ހިތްތަކުގައި ލޯބިޖެއްސުމުގެ މަޤްޞަދުގައި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން އިންތިޒާމު ކޮށްގެން މިއަހަރު މިފަށާ 33 ވަނަ ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ޖުމްލަ 1273 ފަރާތަކުން ބައިވެރިވެއެވެ. މިއީ މިފަދަ މުބާރާތެއްގައި މިހާގިނަ ދަރިވަރުން ބައިވެރިވާ ފުރަތަމަ ފަހަރުކަމަށްވުމުގެ އިތުރުން މިއީ އެއްފަރާ ދެތަނެއްގައި ޤައުމީ މުބާރާތުގެ ކިޔެވުން ކުރިޔަށްގެންދެވޭ ފުރަތަމަ ފަހަރުވެސް މެއެވެ.

އެގޮތުން މުބާރާތުގެ ކިޔެވުން އިސްލާމީ މަރުކަޒުގެ ހޯލާއި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގައި އެއް ވަގުތެއްގައި ކުރިޔަށްގެންދެވޭނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް