Advertisement
ކ. މާލެ
|
31 އޯގަސްޓް 2019 | ހޮނިހިރު 17:53
އިންޑިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް އާއި އެކު ރައީސް ނަޝީދު
އިންޑިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް އާއި އެކު ރައީސް ނަޝީދު
ސައުތު އޭޝިޔަން ސްޕީކާރސް ސަމިޓް
ފަސް ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސުން ރާއްޖެ ވަޑައިގަންނަވައިފި
ސަމިޓް އޮތީ ސެޕްޓެމްބަރު 1 އިން އަށް 2 އަށް
ސާރކްގެ 6 ގައުމުގެ ސްޕީކަރުން ބައިވެރިވެ ވަޑައިގަންނަވާ
ސަމިޓް އޮތީ ރައްޔިތުން މަޖިލިސް ކުރާ ގޭގައި

ހަތަރު ވަނަ ސައުތު އޭޝިޔަން ސްޕީކާރސް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ސަރކް ފަސް ގައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސުން ރާއްޖެ ވަޑައިގަންނަވައިފިއެވެ.

ސަރކް ޤައުމުގެތަކުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސުންނަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރްހަބާ ދަންނަވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ގެ އިތުރުން ޤާނޫނުހަދާ މަޖިލީހުގެ ބައެއް މެމްބަރުންނެވެ. މީގެ ތެރޭގައި މަޖިލީހުގައި ހިމެނޭ އިދިކޮޅު ޕާޓީ ޕީޕީއެމް އަދި ފީއެންސީގެ މެމްބަރުން ހިމެނިވަޑައިގަންނަވައެވެ.

Advertisement

އަފްޣާނިސްތާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް އާއި ރައީސް ނަޝީދު ސަލާމްކުރައްވަނީ

ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް މިހާރު ރާއްޖެ ވަޑައިގަންނަވާފައިވަނީ އަފްޣާނިސްތާން، އިންޑިޔާ، ބަންގްލަދޭޝް، ބޫޓާން އަދި ޕާކިސްތާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސުންނެވެ. ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިރޭގެ ވަގުތެއްގައެވެ.

ބަންގްލަދޭޝްގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސާ އާއި އީވާ އަބްދުﷲ ސަލާމްކުރައްވަނީ

"ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް"ގެ ނަމުގައި ބާއްވާ މި ސަމިޓްގައި ސާރކް ހަތް ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސުން ބައިވެރިވެ ވަޑައިގަންނަވައެވެ. ސަމިޓް އޮތީ ރައްޔިތުން މަޖިލިސް ކުރާ އިދާރާގައި ސެޕްޓެމްބަރުމަހުގެ 1 އިން 2 ވަނަ ދުވަހުގެ ނިޔަލަށެވެ. ސަމިޓްގައި މަޝްވަރާކުރެވިގެންދާނީ ދެމެހެއްޓެނިވި ތަރައްޤީ އާއި ގުޅޭ ގޮތުންނެވެ.

މިއީ ރާއްޖޭގައި މި ސަމިޓް ބާއްވާ ފުރަތަމަ ފަހަރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް