Advertisement
ކ. މާލެ
|
31 އޯގަސްޓް 2019 | ހޮނިހިރު 18:17
ނައިބްރައީސް ފައިސަލް ނަސީމް ހައްޖާޖީންނާ ބައްދަލުކުރައްވަނީ
ނައިބްރައީސް ފައިސަލް ނަސީމް ހައްޖާޖީންނާ ބައްދަލުކުރައްވަނީ
ރައީސް އޮފީސް
ހައްޖުވެރިން
ހައްޖު ކޯޕަރޭޝަންގެ އެންމެފަހު ގްރޫޕްގެ ހައްޖާޖީންނާއި ނައިބް ރައީސް ބައްދަލު ކުރައްވައިފި
މިއަހަރު 2000 މީހުންގެ ހައްޖުކޯޓާ ލިބުނު
އެއާޕޯރޓުން ނައިބް ރައީސް ހައްޖާޖީންނާއި ބައްދަލުކުރެއްވި
ފުރަތަމަ ގްރޫޕް ހައްޖަށް ފުރުމުގެ ކުރިންވެސް ބައްދަލުކުރެއްވި

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު ރާއްޖެއައި ހައްޖު ކޯޕަރޭޝަންގެ އެންމެފަހު ގްރޫޕްގެ ޙައްޖާޖީންނާއި، ނައިބް ރައީސް ފައިސަލް ނަސީމް ބައްދަލު ކުރައްވައިފިއެވެ.

އެގޮތުން އެންމެ ފަހު ގްރޫޕުގެ ހައްޖުވެރިން ހޮނިހިރު ދުވަހު އައިސްފައިވާއިރު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުން ނައިބް ރައީސް ފައިސަލް ނަސީމް ވަނީ ހައްޖާޖީންނާއި ބައްދަލުކުރައްވައި، ހައްޖުވެރިންގެ ކަންކަން އިންތިޒާމު ކުރައްވަން ވަޑައިގެންނެވި އިސް ބޭފުޅުންނާވެސް ބައްދަލުކުރައްވާފައެވެ.

ހައްޖުގެ އަޅުކަން ނިންމުމަށްފަހު ރާއްޖެއައި ހައްޖާޖީންނާއި ނައިބްރައީސް ބައްދަލުކުރައްވާފައިވާއިރު، އެމަނިކުފާނު ވަނީ މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރި ފުރަތަމަ ގްރޫޕް ހައްޖަށް ފުރުމުގެ ކުރިންވެސް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުން އެފަރާތްތަކާ ބައްދަލު ކުރައްވާފައެވެ.

Advertisement

ރާއްޖެއަށް މިއަހަރު 2000 ހައްޖުކޯޓާ ލިބުނުއިރު، ރާއްޖެއިން މިފަހަރު ހައްޖަށް މީހުން ގެންގޮސްފައިވާ ގްރޫޕް ތަކަކީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑް، ޒަޢީ ގްރޫޕް ޕްރައިވެޓް ލިމިޓް، ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑް، އަލް ހައްޖު އެންޑް އުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، މިނާ ހައްޖު އުމްރާ ޕްރައިވެޓް ލިމިޓެޑް އަދި އެކްރޯ ޕްރައިވެޓް ލިމިޓެޑްއެވެ.

މިއަހަރު ހައްޖުވެރިންނާއެކު އަމީރުލްހައްޖުގެ ގޮތުގައި ވަޑައިގެންނެވީ މިނިސްޓަރ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމްއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް