Advertisement
ކ. މާލެ
|
31 އޯގަސްޓް 2019 | ހޮނިހިރު 12:59
ކަސްޓަމްސް ބިލްޑިންގް
ކަސްޓަމްސް ބިލްޑިންގް
މުހައްމަދު ޝަރުހާން
ކަސްޓަމްސް
އިސްލާމްދީނުގެ އަސްލުތަކާ ޚިލާފަށް ލިޔެވިފައި ހުރި ފޮތްތަކެއް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ނަގައިފި
109 ފޮތެއް ކަސްޓަމްސްއިން ވަނީ ނަގާފައި
އެފޮތްތައް ނެގީ ނޮވެލްޓީ ބުކްސޮޕުން ބާއްވާ ނޮވެލްޓީ ބުކްފެއަރ އިން

މާލޭގައި ވިއްކުމަށް ބަހައްޓާފައިހުރި އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު ވާހަކަ ލިޔެވިފައި ހުރި ފޮތްތަކެއް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ނަގައިފިއެވެ.

ކަސްޓަމްސްއިން ބުނީ އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު ވާހަކަ ލިޔެވިފައި ހުރި 109 ފޮތެއް މާލޭގައި ވިއްކުމަށް ބަހައްޓާފައި ވަނިކޮށް އެފޮތްތައް ނަގާފައިވާ ކަމަށެވެ.

Advertisement

އެފޮތްތައް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ނެގީ 30 އޮގަސްޓުގައެވެ. ނަމަވެސް އެފޮތްތައް ނެގީ ކޮންތާކުންކަން ކަސްޓަމްސްއިން ހާމައެއްނުކުރެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެ ފޮތްތައް ވިއްކަން ހުރީ ނޮވެލްޓީ ބުކްސޮޕުން ބާއްވާ ނޮވެލްޓީ ބުކްފެއަރގައެވެ. 29 އޮގަސްޓް އިން ސެޕްޓެމްބަރ 10 ވަނަ ދުވަހާއި ހަމައަށް ދަރުބާރު ގޭގައި ބާއްވަމުން ފެއާގައި އެފޮތްތައް ވިއްކަން ހުރުމުގެ ސަބަބުން ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް