Advertisement
ކ. މާލެ
|
31 އޯގަސްޓް 2019 | ހޮނިހިރު 13:03
އައިޔޫއެމްގެ މަހާސިންތާގެ ތެރެއިން
އައިޔޫއެމްގެ މަހާސިންތާގެ ތެރެއިން
އައިޔޫއެމް
އައިޔޫއެމް
އައިޔޫއެމްގެ އިލްމީ ކުރިއެރުމާއި ބެހޭ ބައިނަލްއަގްވާމީ މަހާސިންތާ ފަށައިފި
މިއީ ދެދުވަހަށް ކުރިއަށް ގެންދާ މަހާސިންތާއެއް
މިއަހަރު ކަރުދާސް ހުށަހަޅާ ފަރާތްތަކާއިއެކު ޖުމްލަ 300 އަށްވުރެއް ގިނަ މީހުން ބައިވެރިވޭ

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ޢިލްމީ ކުރިއެރުމާއި ބެހޭ ބައިނަލްއަޤްވާމީ މަހާސިންތާ (އައި.ސީ.އައި.އޭ)ގެ މި އަހަރުގެ މަހާސިންތާ ފަށައިފިއެވެ.

މިއަހަރުގެ މަހާސިންތާގެ މައިގަނޑު ތީމް އަކީ "އިލްމް ހިއްސާކޮށް އިލްމް އުނގެނުމަށް ލޯބިކުރާ މުޖުތަމައެއް ބިނާކުރުން'' މިއެވެ.

އައިސީއައިއޭ 2019ގެ ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ.އަހްމަދު ޒާހިރު އަލީ އާއި މިނިސްޓަރ އޮފް އެންވަރަމެންޓް ޑރ.ހުސެއިން ރަޝީދު ހަސަން ބައިވެރިވެވަޑައިގެންފައެވެ.

Advertisement

މިމަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރު ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ވިދާޅުވީ، މިކޮންފަރެންސް ސަބަބުން އިލްމީ ގޮތުން އައު ހަރުފަތަކަށް ދެވޭނެ ކަމަށެވެ. އަދި އައިޔޫއެމް އެހެން ލެވަލްއަކަށް ގެންދިއުމުގެ ޕްލޭންތައް ހަދަމުން އަންނަ ކަމަށް ޗާންސެލަރު ފާހަގަކުރެވިއެވެ.

ދެދުވަހުގެ މުއްދަތަށް ބާއްވާ މިމަހާސިންތާގައި ޖުމްލަ 50 ދިރާސާ ކަރުދާން އަދި 5 ޕޯސްޓަރު ހުށަހަޅާއިރު އޭގެ ތެރޭގައި ސައުތު އޭޝިޔާގެ އެކިއެކި ގައުމުތަކުގެ ބޭފުޅުން ހުށަހަޅުއްވާ 35 ކަރުދާހާ ރާއްޖޭގެ ބޭފުޅުން ހުށަހަޅުއްވާ 15 ކަރުދާހެއް ހިމެނެއެވެ.

އައިޔޫއެމްގެ މަހާސިންތާގެ ތެރެއިން

މިއަހަރުގެ މަހާސިންތާގައި ކަރުދާސް ހުށަހެޅިގެންދާނެ ދާއިރާތަކުގެ ތެރޭގައި ސައިކޮލޮޖީ، މެންޓަލް ހެލްތް، ކަރްކިއުލަމް، އިސްލާމިކް ސިވިލައިޒޭޝަން، ފައިނޭންސް، ގްރުއާނިކް ސައިންސް، ޝަރީއާ އެންޑް ލޯ، ޕޮލިޓޮކްސް އެންޑް ޑިޕްލޮމެސީ، ޑިޖިޓަލައިޒޭޝަން އަދި ލެންގްވިއެޖް އެންޑް ލިޓްރޭޗަރ ހިމެނެއެވެ.

2016 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީން ކޮންމެ އަހަރަކު ބާއްވަމުންދާ މިމަހާސިންތާގައި މިއަހަރު ކަރުދާސް ހުށަހަޅާ ފަރާތްތަކާއިއެކު ޖުމްލަ 300 އަށްވުރެއް ގިނަ މީހުން ބައިވެރިވެއެވެ. އަދި ބައިވެރިންގެ ތެރޭގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ޕޯސްޓްގްރެޖުއޭޓް ލެވަލްއަށް ކިޔަވާ ދަރިވަރުން އަދި އެހެނިހެން ޔުނިވަރސިޓީ/ކޮލެޖްތަކުގެ ދަރިވަރުން ހިމެނެއެވެ.

މިއަހަރުގެ ކޮންފަރެންސްގެ ގޯލްޑް ސްޕޮންސަރއަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އެވެ. މީގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކާއި، އަމާނާ ތަކަފުލްއިން ވެސް ވަނީ މިކޮންފަރެންސްއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް