Advertisement
ކ. މާލެ
|
30 އޯގަސްޓް 2019 | ހުކުރު 22:20
\"ރިލްވާން ދެއްކި ވާހަކަ\" ފޮތުގެ ބޭރުގަނޑު
"ރިލްވާން ދެއްކި ވާހަކަ" ފޮތުގެ ބޭރުގަނޑު
ރާއްޖެއެމްވީ
ރިލްވާން
ރިލްވާންގެ ވާހަކަތައް ފޮތެއްގެ ސިފައިގައި އާންމުންނާ ހަމައަށް
ފޮތް ނެރުމުގެ ބޭނުމަކީ ރިލްވާންއޭ ކިޔާގެން ދައްކާ ވާހަކަތަކަށް ރަށްދު ދިނުން
ފޮތް ނެރިިފައިވަނީ ރިލްވާންގެ މަސައްކަތްތައް އޭނާގެ މަންމަ އަށް ދައްކާލަން
ފޮތް ވިއްކާގެން ލިބޭ ރުފިޔާ ހަރަދު ކުރެވޭނީ އިތުރު ފޮތްތައް ހަދަން

ގެއްލުވާލައިފާވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ ލިޔުންތައް އެއް ފޮތަކަށް ޗާޕްކޮށް ލޯންޗްކޮށްފިއެވެ.

"ރިލްވާން ދެއްކި ވާހަކަ"އިގެ ނަމުގައި އޭނާގެ ލިޔުންތަކުގެ ދިވެހި ތަރުޖަމާ ނެރިފައިވަނީ ހުކުރު ދުވަހު ހަވީރު މެރާކީގައު އެކަމަށް ހާއްސަކޮށް ބޭއްވި ހަފްލާއެއްގައެވެ. މި ހަފްލާގައި ރިލްވާންގެ ބައެއް ލިއުންތައް ވަނީ ކިޔާފައެވެ.

އިންޓަރނޭޝަނަލް ޑޭ އޮފް ޑިސެޕިއަރޑްއާ އިއްތިފާގުވާ މިދުވަހު ނެރުނު މިފޮތް ޗާޕްކުރުމުގައި އެންމެ އިސްކޮށް މަސައްކަތް ކޮށްފައިވާ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ބުނީ މި ފޮތް ނެރުމުގެ މައިގަނޑު ދެ މަގްސަދެއް ވާކަމަށެވެ. އެއީ ރިލްވާން އޭ ކިޔާގެން މީހުން ދައްކާ ދޮގު ވާހަކަ ތަކަށް ރައްދެއް ދިނުމަށާއި ރިލްވާންގެ މަންމަ އަށް ރިލްވާން ކޮށްފައިވާ މަސައްކަތްތައް ދައްކާލުން ކަމުގައެވެ.

Advertisement

އެމްޑީއެން އިން އިތުރަށް ބުނީ މި ފޮތުގެ އަގަކީ 200 ރުފިޔާ ކަމަށާއި ފޮތް ވިއްކައިގެން ލިބޭ ރުފިޔާ ހޭދަކުރެވޭނީ އިތުރު ފޮތްތައް ޗާޕްކުރަން ކަމުގައެވެ. އަދި ފޮތް ބަލާގަންނަން ބޭނުންވާ ފަރާތްތަކަސް ޝޯޝަލް މީޑިއާ މެދުވެރިކޮށް އެމްޑީއެންއާ ވާހަކަ ދައްކާލުމުން ފޮތް ގަނުމުގެ އިންތިޒާމްތައް ހަމަޖެހިގެންދާނެ ކަމަށެވެ.

މި ހަފްލާގައި ރާއްޖެއެމްވީ އާ ވާހަކަ ދައްކަވަމުން އޭނާގެ ދައްތަ ޝެހެނާޒް އަދްނާން ބުނީ މި ފޮތަކީ ވަރަށް އިބުރަތްތެރި ފިލާވަޅު ލިބިގެންދާނެ ފޮތެއް ކަމަށާއި މި ފޮތް ކިޔާލުމުން ރިލްވާން އޭނާގެ ގައުމައްޓަކައި ރެއާ ދުވާލި ކޮށްފައިވާ މަސައްކަތްތަކާ ވިސްނާފައިވާ ވިސްނުންތައް ފެނިގެންދާނެ ކަމުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް