Advertisement
ކ. މާލެ
|
30 އޯގަސްޓް 2019 | ހުކުރު 22:21
މަސްތުވާތަކެތި
މަސްތުވާތަކެތި
ކަސްޓަމްސް
ކަސްޓަމްސް
ވައިގެ މަގުން ރާއްޖެ އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި
ކަސްޓަމްސް އިން ވަނީ 4.195 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފަ

ވައިގެ މަގުން ރާއްޖެ އެތެރެ ކުރަން އުޅުނު 4.195 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ މިއަދު އިންޑިއާގެ ޓްރިވެންޑްރަމް އިން އައި 48 އަހަރުގެ ފިރިހެނެއްގެ އަމަލުތައް ހުރިގޮތުން އޭނާއާއި މެދު ޝައްކުކުރެވިގެން ބަލައި ފާސް ކުރުމުގެ ތެރޭގައި އޭނާގެ ލަގެޖުން މަސްތުވާތަކެތި ފެނިފައިވާކަމަށެވެ.

ކަސްޓަމްސްއިން ބުނީ މަސްތުވާތަކެތި ފުރަތަމަ މަރުހަލާގެ ތަހުލީލުން ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެޝިޝް އޮއިލްއަށް ޕޮޒިޓިވް ވެފައި ކަމަށެވެ. އަތުލައިގަނެފައިވާ މަސްތުވާތަކެތީގެ ބަރުދަނަކީ 4.195 ކިލޯ ކަމަށާއި މި ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 1.1 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ.

Advertisement

މި މައްސަލައިގައި އަތުލައިގަނެވުނު މީހާއާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާއި ހަވާލު ކުރެވިފައި ކަމަށާއި ފުލުހުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

ކަސްޓަމްސް އިން ވަނީ މި މަހުގައި 1.5 ކިލޯގެ މަސްތުވާ ތަކެއްޗާއި އެކު 25 އަހަރުގެ ފިރިހެނެއް ވެސް ހައްޔަރުކޮށްފައެވެ. މިއަހަރުގެ ތެރޭގައި އެކަނިވެސް ގާތްގަނޑަކަށް 19 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން ވަނީ އަތުލައިގަނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
31 އޯގަސްޓް 2019 | ހޮނިހިރު 16:40
ދެލޯކަނުންނަކަށް ނުފެންނާނެ!
ޤައުމެއްވެސް ނޭނގޭދޯ!