Advertisement
ކ. މާލެ
|
30 އޯގަސްޓް 2019 | ހުކުރު 09:51
ތ. ބުރުނީ ސްކޫލްގެ ރަން ޔޫބީލް ފާހަގަކުރުމަށް އެރަށު ސްކޫލްގައި ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަލްސާގައި ރައީސް ސާލިހު ވާހަކަފުޅު ދައްކަވަނީ
ތ. ބުރުނީ ސްކޫލްގެ ރަން ޔޫބީލް ފާހަގަކުރުމަށް އެރަށު ސްކޫލްގައި ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަލްސާގައި ރައީސް ސާލިހު ވާހަކަފުޅު ދައްކަވަނީ
ރައީސް އޮފީސް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ކުދިންގެ ކިބައިގައި ހުރި ހުނަރާއި ފަންނުވެރިކަން ކުރިއަރުވައިދިނުމަކީ، މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ، ވަރަށް މަތީ ވާޖިބެއް: ރައީސް
އެމަނިކުފާނު ވިދާޅުވީ ކޮންމެ ކުއްޖެއްގެ ކިބައިގައިވެސް، ކޮންމެވެސް ޤާބިލްކަމެއް ނުވަތަ ހުނަރެއް ހުންނާނެ ކަމަށް
އުނގުތެރޭ ތަރުބިއްޔަތުކޮށް، މުޖްތަމަޢާ ޙަވާލުކުރާ ދަރިއަކީ، ޤައުމަށް ބޭނުންތެރި ޒުވާނެއްކަމުގައި ހެދުމަކީ، ބެލެނިވެރިންގެ އެންމެ އިސް އެއް ވާޖިބު ކަމަށް ވިދާޅުވި

ކުދިންގެ ކިބައިގައި ހުރި ހުނަރާއި ފަންނުވެރިކަން ކުރިއަރުވައިދިނުމަކީ، މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ، ވަރަށް މަތީ ވާޖިބެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ވިދާޅުވީ ކޮންމެ ކުއްޖެއްގެ ކިބައިގައިވެސް، ކޮންމެވެސް ޤާބިލްކަމެއް ނުވަތަ ހުނަރެއް ހުންނާނެ ކަމަށާއި އެކުދިންގެ ކިބައިގައި ހުރި ހުނަރާއި ފަންނުވެރިކަން ކުރިއަރުވައިދިނުމަކީ، މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ، ވަރަށް މަތީ ވާޖިބެއް ކަމަށެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވެފައިވަނީ ތ. ބުރުނީ ސްކޫލްގެ ރަން ޔޫބީލް ފާހަގަކުރުމަށް އެރަށު ސްކޫލްގައި ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ، އުނގުތެރޭ ތަރުބިއްޔަތުކޮށް، މުޖްތަމަޢާ ޙަވާލުކުރާ ދަރިއަކީ، ޤައުމަށް ބޭނުންތެރި ޒުވާނެއްކަމުގައި ހެދުމަކީ، ބެލެނިވެރިންގެ އެންމެ އިސް އެއް ވާޖިބު ކަމަށެވެ. އަދި ކޮންމެ ބެލެނިވެރިއަކީ، މިދެންނެވި އަމާޒަށް މަސައްކަތްކުރާ މީހަކަށްވާނަމަ، ރާއްޖެ އެދޭފަދަ ތަޢުލީމީ ހުނަރުވެރި ޒުވާން ޖީލެއް ބިނާކުރުމަކީ ދަތިކަމަކަށް ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

މި ޖަޒީރާ ރާއްޖެ، ދިވެހިން އެދޭ މިސްރާބަށް ގެންދެވޭނީ، އެންމެން ގުޅިގެން އެއް މިސްރާބަކަށް މަސައްކަތް ކޮށްގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. .

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް