Advertisement
ކ. މާލެ
|
30 އޯގަސްޓް 2019 | ހުކުރު 09:53
2017 ވަނަ އަހަރު ބޭއްވި އައިއޯސީ ބައްދަލުވުމުގެ ތެރެއިން
2017 ވަނަ އަހަރު ބޭއްވި އައިއޯސީ ބައްދަލުވުމުގެ ތެރެއިން
ޓްވިޓަރ
އައިއޯސީ
ހަތަރުވަނަ އައިއޯސީ ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަދައްކަވާނެ
މި ކޮންފަރެންސް މި އަހަރު ބާއްވަނީ ދިވެހިރާއްޖޭގައި
ކޮންފަރެންސް ފެށެނީ ސެޕްޓެމަބަރުމަހުގެ ތިންވަނަ ދުވަހު

ހަތަރު ވަނަ އިންޑިއަން އޯޝަން ކޮންފަރެންސް (އައިއޯސީ) ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަދައްކަވާނެ ކަމަށް އިންޑިއަން އޯޝަން ފައުންޑޭޝަނުން ބުނެފިއެވެ.

އިންޑިއާގެ އަމިއްލަ ޖަމްޢިއްޔާއެއް ކަމަށްވާ އިންޑިއާ ފައުންޑޭޝަނާއި ސިންގަޕޫރުގެ އެސް ރާޖަރަތުނަމް ސްކޫލް އޮފް އިންޓަނޭޝަނަލް ސްޓަޑީޒްއާ ގުޅިގެން ބާއްވަމުން އަންނަ، މި ސަރަޙައްދުގެ ގައުމުތައް ހިމެނޭ މި ކޮންފަރެންސް 2019 ވަނަ އަހަރު ދިވެހިރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ރައީސް ސާލިހުގެ އިތުރުން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހައާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖޭ ޝަންކަރުގެ އިތުރުން ސިންގަޕޫރުގެ ފޮރިން މިނިސްޓަރު ވިވިއަން ބާލާކްރިޝްނަންވެސް ވާހަކަފުޅު ދައްކަވާނެއެވެ.

ސެޕްޓެމަބަރުމަހުގެ ތިންވަނަ ދުވަހު ފެށޭ މި ކޮންފަރެންސްގައި ބައިވެރިވުމަށް ގައުމުތަކުގެ އިސް ބައެއް ވެރިން ރާއްޖެ ވަޑައިގަންނަވާ ގޮތަށް އޮތީ ހަމަޖެހިފައެވެ.

Advertisement

އައިއޯސީން ބުނީ މިއަހަރުގެ ކޮންފަރެންސްގައި މޫސުމީ ބަދަލުތަކުގެ އިތުރުން ތިމާވެއްޓާއި ގުޅުންހުރި ދާއިރާތަކުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ޓެރަރިޒަމާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ވެސް މި ކޮންފަރެންސްގައި މަޝްވަރާ ކުރުމަށްވަނީ ހަމަޖެހިފައެވެ

މީގެ އިތުރުން މަޝްވަރާތަކުގެ ތެރެއިން ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް އިންޑިއާ ކަނޑުގައި މަސްވެރިކަން ކުރަމުން ދިއުމާއި، ނެވިގޭޝަން ސެކިއުރީޓީއާއި ގުޅޭ ގޮތުންވެސް މިއަހަރުގެ ކޮންފަރެންސްގައި މަޝްވަރާ ކުރެވިގެންދާނެ ކަމަށް އައިއޯސީން ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް