Advertisement
ކ. މާލެ
|
30 އޯގަސްޓް 2019 | ހުކުރު 09:49
ނައިބް ރައީސް ފައިސަލް ނަސީމް
ނައިބް ރައީސް ފައިސަލް ނަސީމް
ޝުއައިބް މުހައްމަދު އިގްބާލް
ނައިބް ރައީސް
ކޮރަޕްޝަނާ ފަސާދައަކީ އަމިއްލަ ނަފްސު އިސްލާހުކޮށްގެން ނޫނީ ހުއްޓުވޭނެ ކަމެއް ނޫން
ގައުމަށް އެންމެ ފައިދާހުރި ގޮތަށް ކަންތައް ކުރަން ވިސްނަން ޖެހޭ ކަމަށް ވިދާޅުވި
ކުރާ މަސައްކަތެއްގައި ނަމޫނާ ދައްކަން ޖެހޭ

ގާނޫނުތައް ކިތަންމެ ފުރިހަމައަށް ހެދިޔަސް، ކޮރަޕްޝަނާ ހިޔާނާތާއި ފަސާދައަކީ އިންސާނާގެ އަމިއްލަ ނަފްސު އިސްލާހު ކޮށްގެން ނޫނީ ހުއްޓުވޭނެ ކަމެއް ނޫން ކަމަށް ނައިބް ރައީސް ފައިސަލް ނަސީިމް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ކަސްޓަމްސް އަށް 129 ވަނަ އަހަރު ފުރުމުގެ މުނާސަބަތު ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ، ރާއްޖޭގައި އިމްޕޯޓް އަދި އެކްސްޕޯޓް ޑިއުޓީ ނެގުމުގެ އެންމެހާ ކަންތައްތައް ހިންގާ ބެލެހެއްޓުމުގެ ގާނޫނީ ޒިންމާ އަދާކުރާ ތަނަކީ ކަސްޓަމްސްއަށް ވާއިރު ރާއްޖޭގެ އާމްދަނީ އާއި ކަސްޓަމްސްގެ ދައުރު މުހިއްމު ކަމަށެވެ.

Advertisement

އެފަދަ މަސައްކަތްތައް ކަސްޓަމްސް އިން ކުރިޔަށް ގެންދާއިރު ގައުމަށް އެންމެ ފައިދާހުރި ގޮތަކަށް ވިސްނަން ޖެހޭ ކަމަށް ފައިސަލް ނަސީމް ވިދާޅުވިއެވެ. އަބަދުވެސް އިސްކުރަން ޖެހެނީ ތެދުވެރިކަމާއި އަމާނާތްތެރިކަމުގެ އިތުރުން ކެތްތެރިކަން ކަަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ، ކުރާ ކޮންމެ ކަމެއްގައިވެސް ނަޒާހަތްތެރިކަން އިސްކުރަން ޖެހޭ ކަމަށާއި، ކުރާ މަސައްކަތަކުން ތެދުވެރިކަން ހުރި މިންވަރަކުން ނަމުނާ ދެއްކެނީ ކުރިޔަށް އޮތް ތަނުގައި މަސައްކަތާއި ހަވާލުވާން ތިބި ފަރާތްތަކާއި ކަމަށެވެ.

ދިވެހިރާއްޖޭގައި ގައުމު ހިންގަން މާދަމާ ތިބޭނެ ދަރިންނަށް ރަނގަޅު މިސާލު ކޮންމެ ދާއިރާއަކުން ވެސް ދެއްކުމަކީ އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެން ކޮންމެ މީހަކުވެސް ކުރަން ޖެހޭނެ ކަމެއް. ގާނޫނުތައް ކިތަންމެ ފުރިހަމައަށް ހެދިޔަސް ކޮރަަޕްޝަނާއި ހިޔާނާތާއި ފަސާދައަކީ އެއީ އިންސާނާގެ އަމިއްލަ ނަފްސު އިސްލާހުކޮށްގެން ނޫނީ ހުއްޓުވޭނެ ކަމެއް ނޫން
ފައިސަލް ނަސީމް ~ ނައިބް ރައީސް ~

ނައިބް ރައީސް ފައިސަލް ވިދާޅުވީ، ކޮރަޕްޝަންގެ އެއްވެސް އަމަލަކަށް މި ސަރުކާރުން ޖާގައެއް ނުދޭނެ ކަމަށެވެ. ކަސްޓަމްސްގެ މަސައްކަތަކީ ހުރިހާ ދިވެހިންނަށް ގުޅިފައިވާ މަސައްކަތެއްކަން ފާހަގަ ކުރައްވަމުން ފައިސަލް ވިދާޅުވީ، ކަސްޓަމްސް އިން ކުރަނީ ވަރަށް ބުރަ މަސައްކަތެއް ކަމަށެވެ. ވީހާވެސް ހަލުވިކޮށް ހިދުމަތް ދިނުމުގައި ތެމިދިބުމަށް ނައިބް ރައީސް ވަނީ އިލްތިމާސް ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް