Advertisement
ކ. މާލެ
|
30 އޯގަސްޓް 2019 | ހުކުރު 09:45
ކަސްޓަމްސްގެ މުވައްޒަފުން
ކަސްޓަމްސްގެ މުވައްޒަފުން
ކަސްޓަމްސް
ކަސްޓަމްސްގެ 129 ވަނަ އަހަރީ ދުވަސް
ކަސްޓަމްސް އަކީ މި ސަރަހައްދުގައި އިސް ސަފުގައި ގުނާލެވޭ އިދާރާއަކަށް ހެދުމަކީ އުއްމީދެއް
މި އަހަރަކީ ކާމިޔާބު އަހަރެއް
ބައިނަލް އަގްވާމީ ކަސްޓަމްސް ފެސިލިޓީއެއް ރާއްޖޭގައި ގާއިމް ކުރުވޭނެ
ގިނަ ދުވަސް ވަންދެން މަސައްކަތް ކުރި މުވައްޒަފުންނަށް ހަނދާނީ ލިޔުން ދިން

ދިވެހިރާއްޖޭގެ ކަސްޓަމްސް އަކީ މި ސަރަހައްދުގެ އިސް ސަފުގައި ގުނާލެވޭ އިދާރާއަކަށް ހެދުމަކީ އުއްމީދެއް ކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމް އަހުމަދު ނުއޫމާން ވިދާޅުވެއްޖެއެވެ.

ކަސްޓަމްސް އަށް 129 ވަނަ އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބުރާސްފަތި ދުވަހުގެރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމްގައި ވާހަކަ ދައްކަވަމުން ނުއުމާން ވިދާޅުވީ، ކަސްޓަމްސްގެ ގާނޫނު މަތިކޮށްފައިވާ ގައުމުގެ ދޮރާށި ބެލެހެއްޓުމުގެ ޒިންމާ އުފުލުމުގައި މި އަހަރަކީވެސް ކާމިޔާބު މަސައްކަތްތަކެއް ކުރެވެމުންދާ އަހަރެއް ކަމަށެވެ. އެގޮތުން ކަސްޓަމްސްގެ އޮފިސަރުންގެ ތޫނު ފިލިކަމާއި ހުށިޔާރު ކަމުން މި އަހަރުގެ މިހާތަނަށްވެސް 19 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާއިރު، މަސްތުވާތަކެއްޗަށް ހުޅުވެފައި ހުރި ދޮރުތައް ބަންދު ކުރުމަށް މި އަހަރަކީ ފާހަގަކޮށްލެވޭ އަހަރެެއް ކަމަށް ނުއުމާން ވިދާޅުވިއެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ވިދާޅުވީ، ކަސްޓަމްސްގެ މިހާރުގެ ހާލަތު ދެނަގެނައުމުގެ މަސައްކަތް ކުރަމުންދާއިރު ކުރިޔަށް އޮތް ފަސް އަހަރު ކަސްޓަމްސްގެ ހިދުމަތް ހަރުދަނާކޮށް ގުޑް ގަވަރނަންސްގެ އަސާސްތައް ގާއިމުކޮށް، ދެފުށް ފެންނަ އިތުބާރު ހިފޭ ނިޒާމަކުން އެ އިދާރާ ބައްޓަން ކުރުމަށް ކުރާނެ ކަންކަން ކަނޑައެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

Advertisement

ކުރިޔަށް އޮތް ފަސް އަހަރަށް ކަސްޓަމްސް އިން ކަނޑައަޅާފައިވާ ލަޑުދަނޑިތަކަކީ، ބައިނަލް އަގްވާމީ ކަސްޓަމްސް ފެސިލިޓީއެއް ރާއްޖޭގައި ގާއިމް ކުރުމާއި، ކަސްޓަމްސްގެ އިވެލުއޭޝަން ސިސްޓަމަށް ބޭނުންވާ ފުރިހަމަ ޑޭޓާބޭސް އެއް ފަރުމާކޮށް އެ ޑޭޓާބޭސްގެ އެހީގައި މުދާ ގިންތި ކުރުމާއި އަގު ކުރުމުގައިު މިހާރު ދިމާވާ ކަންތައްތައް ހައްލުކުރުމާއި، ކަސްޓަމްސްގެ މުވައްޒަފުންގެ ކެރިއަރ ޕާތެއް ގާއިމްކުރުމާއި، ހޮރިޒެންޓަލް ސްކީމެއް ތައާރަފް ކުރުމާއި އަދި މަރުކަޒީ އިންޓެލިޖެންސް ނިޒާމެއް ގާއިމްކުރުމުގެ އިތުރުން ވަށާޖެހޭ ފުރިހަމަ ހިރާސް ނިޒާމެއް ކަސްޓަމްސް ގައި ގާއިމް ކުރުން ހިމެނޭއެވެ.

ކަސްޓަމްސްގެ ސްޓްރެޖިކް ޕްލޭންއާ ބެހޭ އިތުރު މައުލޫމާތު ދެއްވަމުން ނުއުމާން ވިދާޅުވީ، އެ ލަޑުދަނޑިތައް ހާސިލް ކުރެވިގެންދާއިރު ރާއްޖޭގެ ކަސްޓަމްސް އަކީ އިތުބާރު ކުރެވޭ އަދި މި ސަރަހައްދުގައި އިސް ސަފުގައި ގުނާލެވޭ އިދާރާއަކަށް ހެދުމަކީ އުއްމީދީ ތަސައްވަރެއް ކަމަށެވެ.

ކަސްޓަމް އަށް 129 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި އެ ރަސްމިއްޔާތުގައި، ކަސްޓަމް މުވައްޒަފުންގެ ތެރެއިން އެކި ދާއިރާތަކުން ފާހަގަކުރެވޭ މުވައްޒަފުންނަށް ހަނދާނީ ލިޔުން ވަނީ ހަވާލުކޮށްފައެވެ. އެ މުވައްޒަފުންނަށް ލިޔުން ހަވާލުކޮށްދެއްވާފައިވަނީ ނުއުމާން އެވެ. ކަސްޓަމްސް އަށް 20 އަހަރު ހިދުމަތް ކުރެއްވި 44 މުވައްޒަފަކަށް ވަނީ ހަނދާނީ ފިލާ ދީފައެވެ. ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
30 އޯގަސްޓް 2019 | ހުކުރު 11:22
ހިންޓް
ތިކަން އިނގޭނެ އެންމެ ފަހުން ތިތަނަށް ވަޒީފާއަށް ވެއްދިމީހުންގެ ފެންވަރު ޗެކްކޮއްލީމަ... ތިތަނުން ވަޒީފާ ދީފަހުރި މީހުންގެ ފެންވަރާ، ވަޒީފާއަށް އެދުނުމީހުންގެ އެޕްލިކޭޝަން ޗެކްކޮއްލީމަ އިނގޭނެ... މަސްތުވާތަކެތި އެތެރެ ވުމުގަ ތިތާ އުޅޭ ގޭންގް ތަކަށް ނިސްބައިވާ މީހުންގެ އަތްނޯވެނުދާނެ....