Advertisement
ކ. މާލެ
|
30 އޯގަސްޓް 2019 | ހުކުރު 09:42
މަހިބަދޫގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ކްލާސްރޫމްގެ ކޮންޓްރެކްޓްގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
މަހިބަދޫގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ކްލާސްރޫމްގެ ކޮންޓްރެކްޓްގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެޑިއުކޭޝަން މިނިސްޓްރީ
އެޑިޔުކޭޝަން މިނިސްޓްރީ
ތިން ރަށެއްގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ކްލާސްރޫމްތައް އެޅުމަށް ބަޔަކާ ހަވާލުކޮށްފި
މަހިބަދޫގެ 16 ކްލާސްރޫމް ހަތަރުބުރި އިމާރާތުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފައިވޭ
ތޮއްޑޫގެ 12 ކްލާސްރޫމް ތިންބުރި އިމާރާތުގެ ކޮންޓްރެކްޓްގައި ވަނީ ސޮއިކޮށްފައި
ވައިކަރަދޫގެ 12 ކްލާސްރޫމް ތިން ބުރި އިމާރާތުގެ ކޮންޓްރެކްޓްގައި ވަނީ ސޮއިކޮށްފައި

އެޑިޔުކޭޝަން މިނިސްޓްރީން ތިން ރަށެއްގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ކްލާސްރޫމްތައް އެޅުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ބުރާސްފަތި ދުވަހު އދ. މަހިބަދޫ (އދ.އަތޮޅު ތައުލީމީ މަރުކަޒުގައި) އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 16 ކްލާސްރޫމް ހަތަރުބުރި އިމާރާތުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފައިވާ ކަމަށެވެ. އަދި މިމަސައްކަތް ހަވާލުކުރެވިގެން މިދިޔައީ ސްވިފްޓް އިންޖިނިއަރިންގް ޕްރައިވެޓް ލިމިޓެޑްއާ ކަމަށެވެ.

މިއެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ފައިނޭންސް އެގްޒެކްޓިވް ނައުޝާދު އިބްރާހިމްއެވެ. ސްވިފްޓް އިންޖިނިއަރިންގް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ މުހައްމަދު ޒުބައިރެވެ.

އެޑިޔުކޭޝަނުން ބުނީ ސްވިފްޓް އިންޖިނިއަރިންގް ޕްރައިވެޓް ލިމިޓެޑާއި މިމަސައްކަތް ހަވާލުކޮށްފައިވަނީ 10،989،116.33 (ދިހަ މިލިއަން ނުވަ ސަތޭކަ އަށްޑިހަ ނުވަ ހާސް ސަތޭކަ ސޯޅަ ރުފިޔާ ތިރީސް ލާރި)އަށް 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މީގެ އިތުރުން ބުރާސްފަތި ދުވަހު އއ.ތޮއްޑޫގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 12 ކްލާސްރޫމް ތިންބުރި އިމާރާތުގެ ކޮންޓްރެކްޓްގައި ވަނީ ސޮއިކޮށްފައެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މިމަސައްކަތް ހަވާލުކުރެވިގެން މިދިޔައީ ވީ އަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ ކަމަށެވެ. މިއެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ފައިނޭންސް އެގްޒެކްޓިވް ނައުޝާދު އިބްރާހިމްއެވެ. އަދި ވީ އަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އޮފިސަރ މެނޭޖަރ ފާތިމަތު ލައިސާ އަފްސަލް ސައީދެވެ.

އެޑިޔުކޭޝަނުން ބުނީ ވީ އަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް މިމަސައްކަތް ހަވާލުކުރީ 7،350،900.04 ( ހަތް މިލިއަން ތިން ސަތޭކަ ފަންސާސް ނުވަސްތޭކަ ރުފިޔާ ހަތަރު ލާރި)އަށް 360 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށެވެ .

Advertisement

ތޮއްޑޫގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 12 ކްލާސްރޫމް ތިންބުރި އިމާރާތުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފައިވާއިރު، ހދ.ވައިކަރަދޫ (ހދ.އަތޮޅު މަދަރުސާ) އިމާރާތްކުރުމަށް ހަމަޖެހިފައިވާ 12 ކްލާސްރޫމް ތިން ބުރި އިމާރާތުގެ ކޮންޓްރެކްޓްގައި ވަނީ ސޮއިކޮށްފައެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ 7،780،282.47 (ހަތް މިލިއަން ހަތްސަތޭކަ އަށްޑިހަ ދުވިސައްތަ އަށްޑިހަ ދެ ރުފިޔާ ސާޅީސް ހަތް ލާރި ) އަށް މިއިމާރާތުގެ މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރީ ކިއުވަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއެވެ.

މިއެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ފައިނޭންސް އެގްޒެކްޓިވް ނައުޝާދު އިބްރާހިމްއެވެ. ކިއު.ވަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ އަފްސަލް ސައީދެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މިތިން ރަށުގެ ކްލާސް ރޫމްތައް ވެސް 2020 ވަނަ އަހަރު އޯގަސްޓް މަހު މަސައްކަތް މުޅިން ނިމި މިއިމާރާތުގެ ބޭނުން ކުރަން ފެށޭނެ އުންމީދު ކުރާ ކަމަށެވެ. އަދި މިއީ ޕީއެސްއައިޕީގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއުތައް ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

2019 ވަނަ އަހަރުގެ ޕީއެސްއައިޕީ އިން ތައުލީމް ދާއިރާއަށް ކަނޑައެޅުނު ބަޖެޓަކީ 246،374،075 (ދުއިސައްތަ ސާޅިސް ހަ މިލިޔަން ތިން ލައްކަ ހަތްދިހަ ހަތަރު ހާސް ހަތްދިހަ ފަސް ރުފިޔާ) އެވެ.

2019 ވަނަ އަހަރުގެ ޕީއެސްއައިޕީގެ ތެރެއިން 2019 ވަނަ އަހަރު މުޅިން އަލަށް ފަށާ 37 ޕްރޮޖެކްޓް އަދި އިންޑީއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދަން 3 ޕްރޮޖެކްޓް ހިމެނޭ، އެއީ 253 ކްލާސްރޫމް، 22 މަލްޓިޕާރޕޯސް ހޯލް، 4 ލައިބްރަރީ، 16 ސްޓާފްރޫމް، 15 ސައިންސްލެބް، 362 ފާހަނާ، 45 އެކްސެސިބަލް ފާހަނާ، އަދި ސްކޫލްތަކަށް ބޭނުންވާ އެހެނިހެން 215 އުމްރާނީ ވަސީލަތް މިޕްރޮޖެކްޓްތަކަށް ޖުމްލަ 211 މިލިއަން ރުފިޔާ 2019 ވަނަ އަހަރުގެ ބަޖެޓްގައި ހަމަޖެހިފައެވެ.

އެޑިޔުކޭޝަނުން ބުނީ 2019 ޕީއެސްއައިޕީ އަދި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަމަޖެހިފައިވާ ޖުމްލަ 40 ޕްރޮޖެކްޓްގެ ތެރެއިން މިއަދު ސޮއިކުރެވުނު 03 ޕްރޮޖެކްޓް ހިމަނައިގެން މިހާތަނަށް ޖުމްލަ 16 ޕްރޮޖެކްޓް ކޮންޓްރެކްޓްކޮށް ކޮންޓްރެކްޓާއި ހަވާލުކުރެވިފައިވޭ އަދި 02 ޕްރޮޖެކްޓް އެއް އަމަލީ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި 17 ޕްރޮޖެކްޓްއެއްގެ ޑިޒައިން މަސައްކަތް ނިމި އިއުލާންކުރެވި ޓެންޑަރިންގް ޕްރޮސަސްގައި ހިމެނޭ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް