Advertisement
ކ. މާލެ
|
29 އޯގަސްޓް 2019 | ބުރާސްފަތި 12:06
އަލީ ހާޝިމް
އަލީ ހާޝިމް
ރައީސް އޮފީސް
މަޖިލިސް
އަލީ ހާޝިމްގެ ނަން މާލިއްޔަތު ކޮމެޓީއަށް
ރައީސް އަލީ ހާޝިމްގެ ނަންފުޅު މަޖިލީހަށް ހުށަހެޅުއްވީ ބުދަ ދުވަހު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭގެ) ގެ ގަވަރުނަރުކަމަށް އައްޔަނުކުރަން ފެންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ފޮނުއްވާފައިވާ ނަންފުޅު އިތުރަށް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ފޮނުވައިފިއެވެ.

ގަވަރުނަރުގެ މަގާމަށް އައްޔަނުކުރުމަށް މަޖިލީހަށް ފޮނުއްވާފައިވާ ނަންފުޅަކީ އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރ ކަން ކުރައްވާފައިވާ އަލީ ހާޝިމްގެ ނަންފުޅެވެ. ރައީސުލްޖުމްހޫރިއްޔާ އަލީ ހާޝިމްގެ ނަންފުޅު މަޖިލީހަށް ފޮނުއްވާފައިވަނީ މިހަފްތާގެ ބުދަ ދުވަހުއެވެ. އަލީ ހާޝިމް އަކީ 2008 ވަނަ އަހަރުން 2010 ވަނަ އަހަރަށް ރާއްޖޭގެ ފިނޭންސް މިނިސްޓަރުގެ މަގާމު އަަދާކުރައްވާފައިވާ ބޭފުޅެކެވެ.

Advertisement

އެމްއެމްއޭގެ ގަވަރުނަރު ކަމަށް ބޭފުޅަކު އައްޔަނުކުރަނީ އެމަގާމުގައި ކުރިން ހުންނެވި އަހުމަދު ނަސީރު މިދިޔަ ޖުލައި މަހު އެ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އެމަގާމުން ނަސީރު އިސްތިއުފާ ދެއްވާފައިވަނީ އޭނާގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކުރެވިފައި ވަނިކޮށެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ގުޅުން ހުރި ޓްރާންސެކްޝަން ތަކެއް ފުލުހުންނަށް ހުށައަޅަން ހުރަސް އަޅަން މަސައްކަތް ކުރުން ހިމެނެއެވެ. ނަމަވެސް ނަސީރު ވަނީ އެ ތުހުމަތުތަކުން ބަރީއަވެ ވަޑައިގަންނަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް