Advertisement
ކ. މާލެ
|
29 އޯގަސްޓް 2019 | ބުރާސްފަތި 08:16
މޯލްޑިވްސް މެޑިކަލް އެންޑް ހެލްތް އެކްސްޕޯ
މޯލްޑިވްސް މެޑިކަލް އެންޑް ހެލްތް އެކްސްޕޯ
އެމްވީ މެޑިކަލްސް
މޯލްޑިވްސް މެޑިކަލް އެންޑް ހެލްތް އެކްސްޕޯ
މޯލްޑިވްސް މެޑިކަލް އެންޑް ހެލްތް އެކްސްޕޯ އޮކްޓޯބަރުގައި
އެކްސްޕޯ އޮންނާނީ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހުން ފެށިގެން 5 ވަނަ ދުވަހަށް ދަރުބާރުގޭގައި
ސިއްހީ ދާއިރާއާ ގުޅުންހުރި ކޮންމެ ޚިދުމަތެއް ދޭ ފަރާތަކަށްވެސް މި އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވޭ

ދިވެހި ރާއްޖޭގައި ބާއްވާ ހަމައެކަނި ހެލްތް އެގްޒިބިޝަން 'މޯލްޑިވްސް މެޑިކަލް އެންޑް ހެލްތް އެކްސްޕޯ 2019' އޮކްޓޯބަރު އޮންނާނެ ކަމަށް އެމްވީ މެޑިކަލްސް އިން ބުނެފިއެވެ.

މި އަހަރުގެ އެގްޒިބިޝަންވެސް ބާއްވަނީ އެމްވީ މެޑިކަލްސް އާއި އިންޑިޔާގެ މެޑްލައިފް އޭޝިއާ ގުޅިގެންނެވެ. މި އެކްސްޕޯ އޮންނާނީ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހުން ފެށިގެން 5 ވަނަ ދުވަހަށް ދަރުބާރުގޭގައެވެ. ޢާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި އެގްޒިބިޝަނަށް ހުރިހާ ފަރާތްތަކަށްވެސް ވަނުން މުޅިން ހިލޭއެވެ.

މޯލްޑިވްސް މެޑިކަލް އެންޑް ހެލްތް އެކްސްޕޯގެ އަމާޒަކީ ދިވެހިރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށްޓަކައި، މިދާއިރާއިން ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީ އާއި ޚިދުމަތްތައް ދޭނެ ގޮތްތަކަށް ވިޔަފާރިތައް އަހުލުވެރިކުރުވުމާއި، އެފަދަ ޚިދުމަތްތައް ލިބިގަނެވޭނެ ގޮތްތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމެވެ. މޯލްޑިވްސް މެޑިކަލް އެންޑް ހެލްތް އެކްސްޕޯ ވެގެންދާނީ، މި އެކްސްޕޯގައި ބައިވެރިވާ ރާއްޖެ އާއި ރާއްޖޭން ބޭރުގެ ފަރާތްތަކަށް، އެ ފަރާތްތަކުން ދޭ ސިއްހީ ޚިދުމަތްތަކާއި ވިއްކާ ޕްރޮޑަކްޓްސްތަކުގެ މަޢުލޫމާތު ވިޔަފާރިތަކަށާއި ޢާންމު ފަރުދުންނަށް ފޯރުކޮށްދިނުމަށް ލިބޭނެ ރަނގަޅު ފުރުސަތަކަށް ކަމަށް އެމްވީ މެޑިކަލްސް އިން ބުނެއެވެ.

Advertisement

މޯލްޑިވްސް މެޑިކަލް އެންޑް ހެލްޓް އެކްސްޕޯ ގެ މަޤުސަދަކީ ސިއްހީ ދާއިރާއިން ލިބެން ހުރި ޚިދުމަތްތަކަށް މުޖުތަމައު ހޭލުން ތެރިކުރުވުމާއި ސިއްހީ ރަނގަޅު އާދަތަކާއި އުސޫލުތައް މުޖުތަމައަށް އަންގައިދޭނެ ފަސޭހަ ގޮތްތަކެއް ހޯދައިދިނުމާއި ދިވެހިރާއްޖެ އާއި މި ރީޖަންގައި ހިމެނޭ ޤައުމުތަކުން ލިބެންހުރި ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްތައް ފަސޭހަކަމާއިއެކު ހޯދޭނެ ގޮތަތަކަށް މުޖުތަމަޢު އަހުލުވެރިކުރުވުމެވެ. މީގެ އިތުރުން ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ވިޔަފާރިތަކަށް އެ ފަރާތްތަކުގެ ވިޔަފާރި ކުރިއެރުވުމަށް ހުރި ފުރުސަތުތައް ފަސޭހަކަމާއި އެކު ދެނެގަތުމަށް އެހީތެރިވެދޭނެ ކަމަށް ވެސް އެމްވީ މެޑިކަލްސް އިން ބުނެއެވެ.

ސިއްހީ ދާއިރާއާ ގުޅުންހުރި ކޮންމެ ޚިދުމަތެއް ދޭ ފަރާތަކަށްވެސް މި އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އެކްސްޕޯއާއި ގުޅޭ އިތުރު މައުލޫމާތު 7694749 ނަންބަރަށް ގުޅުމުން ލިބިގެންދާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް