Advertisement
ކ. މާލެ
|
29 އޯގަސްޓް 2019 | ބުރާސްފަތި 08:16
ޗައިނާގެ ރައީސް އަދި ރާއްޖެއިން ޗައިނާއަށް ކަޑައަޅުއްވި ސަފީރު އައިޝަތު އަޒީމާ
ޗައިނާގެ ރައީސް އަދި ރާއްޖެއިން ޗައިނާއަށް ކަޑައަޅުއްވި ސަފީރު އައިޝަތު އަޒީމާ
ޓްވިޓަރ
ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު
ރާއްޖެއިން ޗައިނާ އަށް ކަނޑައެޅުއްވި އާ ސަފީރު އެ ގައުމުގެ ރައީސް އަށް ފަތްކޮޅު އަރުވައިފި
މިއީ ރާއްޖެއިން ޗައިނާ އަށް ކަނޑައެޅި ފުރަތަމަ އަންހެން ސަފީރު
ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ

ދިވެހިރާއްޖެއިން ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އައިޝަތު އަޒީމާ، ސަފީރުކަމުގެ ފަތްކޮޅު ޗައިނާގެ ރައީސް ޝީ ޖިންޕިންގްއަށް އަރުވައިފިއެވެ.

ބެއިޖިންގްގެ ގްރޭޓް ހޯލް އޮފް ދަ ޕީޕަލްގައި މިކަމަށްޓަކައި އޮތް ރަސްމިއްޔާތުގައި ޗައިނާގެ ސްޓޭޓް ކައުންސެލަރ އަދި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ހިޒް އެކްސެލަންސީ ވެންގް ޔީ، ޗީފް އޮފް ޕްރޮޓޮކޯލް މރ. ހޮންގް ލެއި އަދި ޗީފް އޮފް އޭޝިއާ ޑިޕާޓްމަންޓް މރ. ވޫ ޖިއަންގާއޯ ބައިވެރިވެވަޑައިގަތެވެ.

Advertisement

ސަފީރު ކަމުގެ ފަތްކޮޅު އެރުވުމާއި ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވަނީ އަޒީމާއަށް މަރުހަބާ ދަންނަވައިފައެވެ. މިނިސްޓަރު ޝާހިދު ވިދާޅުވީ އާޒިމާއަކީ މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލިއްޔަތުކަން ހުރި ބޭކަނބަލެއްކަމަށާއި، އެކަމަނާގެ ސަފީރުކަމުގެ ދަށުގައި ރާއްޖެއާ ޗައިނާގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި ރާއްޖެއިން ޗައިނާ އަށް ކަނޑައެޅި ފުރަތަމަ އަންހެން ސަފީރުކަން މިނިސްޓަރު ޝާހިދު ފާހަގަކުރެއްވިއެވެ.

ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައި ބެއިޖިންގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކްރެޓަރީ ފާތުމަތު ލިއުޝާ އާއި ތަރޑް ސެކްރެޓަރީ ހުސައިން އަބްދުއްލަތީފް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް