Advertisement
ކ. މާލެ
|
29 އޯގަސްޓް 2019 | ބުރާސްފަތި 08:16
ހައްޖުވެރިން
ހައްޖުވެރިން
ސައުދީގެޒެޓް
ފޮރިން މިނިސްޓްރީ
ސައޫދީ އަރަބިއްޔާގެ ޖިއްދާގައި ރާއްޖޭގެ ކޮންސިއުލޭޓެއް ހުޅުވުމުގެ މަސައްކަތް ފަށައިފި
އަޅުކަމަށް މައްކާ އަދި މަދީނާއަށް ޒިޔާރަތްކުރާ ދިވެހިންނަށް ފުރިހަމަ ޚިދުމަތެއް ދެވޭނެ
ޙިދުމަތް ފަށާނެ ތާރީޚެއް ފަހުން އިއުލާން ކުރާނެ

ސައޫދީ އަރަބިއްޔާގެ ޖިއްދާގައި ދިވެހިރާއްޖޭގެ ކޮންސިއުލޭޓެއް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމުން، ކޮންސިއުލޭޓް ހުޅުވުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ފަށައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ސައޫދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ބެލުމުގެދަށުން ޖިއްދާގައި ހުޅުވާ ކޮންސިއުލޭޓަކީ، ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް މައްކާ އަދި މަދީނާއަށް ޒިޔާރަތްކުރާ ދިވެހި ރައްޔިތުންނަށް މިހާރަށްވުރެ ފުރިހަމަ ޚިދުމަތެއް ދިނުމުގެ މަޤްސަދުގައި ހުޅުވާ ކޮންސިއުލޭޓެއް ކަމަށެވެ.

Advertisement

ފޮރިން މިނިސްޓްރީން ބުނީ ފާއިތުވެދިޔަ އަހަރުތަކުގައި ހައްޖުމޫސުމުގައި ޙައްޖާޖީންނަށް ޙިދުމަތްދިނުމަށް، ރިޔާޟްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ބެލުމުގެ ދަށުން ޖިއްދާގައި ވަގުތީ ޙައްޖު މިޝަނެއް ޤާއިމުކުރަމުން ގެންދިޔަކަމުގައިވީނަމަވެސް، މި މަސައްކަތް ނިމުމުން ކޮންސިއުލޭޓް މެދުވެރިކޮށް ހައްޖާއި އުމްރާގެ އަޅުކަންއަދާކުރާ ދިވެހި ރައްޔިތުންނަށް ދާއިމީކޮށް ޙިދުމަތްދެވޭނެ ކަމަށެވެ.

ޖިއްދާގައި ކޮންސިއުލޭޓުގެ ޙިދުމަތް ފަށާނެ ތާރީޚެއް ފަހުން އިއުލާން ކުރާނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް