Advertisement
ކ. މާލެ
|
29 އޯގަސްޓް 2019 | ބުރާސްފަތި 07:03
މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައި
މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައި
ޝުއައިބް މުހައްމަދު އިގްބާލް
މޫސުން ގޯސްވުން
ގއ. އަތޮޅުން އައްޑޫ ސިޓީއަށް ޔެލޯ އެލަރޓް ނެރެފި
ވިލާ ގަނޑުގައި 50 މޭލަށް ވައިގަދަވާނެ
ދެކުނު އަތޮޮޅަށް ވަނީ ވައިޓް އެލާޓް ނެރިފައި

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ގއ.އަތޮޅުން އައްޑޫ ސިޓީއަށް ޔެލޯ އެލަރޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނީ ބުރާސްފަތި ދުވަހުގެ ހެނދުނު 6:10 އިން 10:30 އަށް ގއ.އަތޮޅުން އައްޑޫ ސިޓީއަށް ޔެލޯ އެލަރޓް ނެރެފައިވާ ކަމަށެވެ.

މެޓް އޮފީހުން ބުނީ ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށާއި، އަދި ވިލާ ގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށެވެ.

Advertisement

މީގެ އިތުރުން ދެކުނު އަތޮޅުތަކަށް 04:15 އިން 09:00 ވައިޓް އެލާޓް ނެރިފައިވާއިރު، ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ.

ރާއްޖޭގެ އެކިކޮންކޮޅުތަކަށް ކުރަމުންދާ ވިއްސާރާގައި މާލެއަށް ބޯކޮށް ވާރޭ ވެހި ބައެއް މަގުތަކުގައި ފެންބޮޑުވެފައިވުމުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ވަނީ ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް