Advertisement
ކ. މާލެ
|
29 އޯގަސްޓް 2019 | ބުރާސްފަތި 06:55
ބެލްކަނީގެ ބައެއް މަގުމައްޗަށް ވެއްޓިފައި
ބެލްކަނީގެ ބައެއް މަގުމައްޗަށް ވެއްޓިފައި
ސޯޝަލް މީޑިއާ
ބެލްކަނީގެ ބައެއް މަގުމައްޗަށް ވެއްޓުން
ގެއެއްގެ ބެލްކަނީގެ ބައެއް މަގުމައްޗަށް ވެއްޓިއްޖެ
ޕާކްކޮށްފައި ހުރި ބައެއް ވެހިކަލްތަކަށް ވަނީ ގެއްލުންވެފައި
މަގު މައްޗަށް ވެއްޓުނީ ފަރީދީ މަގު ޑީ ބްލޫ މެރިން ފިހާރަ ހުންނަ އިމާރާތުގެ ބެލްކަނި

މާލެއަށް މޫސުން ގޯސްވެފައިވަނިކޮށް ގެއެއްގެ ބެލްކަނީގެ ބައެއް މަގު މައްޗަށް ވެއްޓިއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބުދަ ދުވަހުގެ ރޭ މާލެ އަށް ބޯކޮށް ވާރޭ ވެހެމުން ދަނިކޮށް ވެއްޓިފައިވަނީ ފަރީދީ މަގު ޑީ ބްލޫ މެރިން ފިހާރަ ހުންނަ އިމާރާތުގެ ބެލްކަންޏެއްގެ ބައެކެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި ބެލްކަނީގެ ބައެއް ވެއްޓިފައިވަނީ ޑީ ބްލޫ މެރިން ފިހާރަ ކުރިމަތީ ޕޭމަންޓް މައްޗަށެވެ.

މަންޒަރު ދުށް މީހަކު ބުނީ މިހާދިސާގައި މީހަކަށް ގެއްލުން ނުލިބުނު ނަމަވެސް އެސަރަހައްދުގައި ޕާކްކޮށްފައި ހުރި ބައެއް ވެހިކަލްތަކަށް ގެއްލުން ވެފައިވާ ކަމަށެވެ.

Advertisement

މިހާދިސާ ހިނގަން މެދުވެރި ސަބަބު އަދިވަނީ ސާފުވާގޮތް ނުވެފައެވެ. މިހާދިސާއާ ގުޅިގެން ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

ގެއެއްގެ ބެލްކަނީގެ ބައެއް މަގުމައްޗަށް ވެއްޓިފައިވާއިރު މާލެއަށް ވަރަށް ބޯކޮށް ވާރޭވެހި ވަނީ ފެންބޮޑުވެފައެވެ. އަދި މާލޭގެ ބޮޑު ބަޔަކުން ކަރަންޓު ވެސް ކެނޑިގެންދިޔައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް
29 އޯގަސްޓް 2019 | ބުރާސްފަތި 10:21
ބެލްކަނި
ބަލަ މަގޭ ނަން ހަޑި ކުރަނީ ތި ކީއްވެ. ތި ފޮޓޯ އިން ވެސް އެބަ ފެނޭ ދޯ ވެއްޓުނީ ދިޔަ ދޮވި ކަން. ސާބަސް
29 އޯގަސްޓް 2019 | ބުރާސްފަތި 08:11
އިމާރާތް
މާތްް ކަލާކޯ މީވަރަައް ކުޑަކަމެކޭ ހީވަނީތަ އެހެންވީމާ އިމާރާތެއްވެއްޓުނަސް ހަބަރުގަ ލިޔާނީ އެންމެ އާދާގެ ކަމެއް ގޮތުގަތާ!
29 އޯގަސްޓް 2019 | ބުރާސްފަތި 08:11
އިމާރާތް
މާތްް ކަލާކޯ މީވަރަައް ކުޑަކަމެކޭ ހީވަނީތަ އެހެންވީމާ އިމާރާތެއްވެއްޓުނަސް ހަބަރުގަ ލިޔާނީ އެންމެ އާދާގެ ކަމެއް ގޮތުގަތާ!