Advertisement
ކ. މާލެ
|
29 އޯގަސްޓް 2019 | ބުރާސްފަތި 06:57
ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުގުނީ
ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުގުނީ
ރާއްޖެއެމްވީ
ފަލަސުރުހީ
މަސްވެރިން ރާއްޖޭގެ ސަރަހައްދު ދޫކޮށް މަސްވެރިކަން ކުރުމަށް ނުކުންނަންޖޭ: މެމްބަރު މުގުނީ
މަސްވެރިކަމުގެ ބިލުން އެތައް ފުރުސަތުތަކެއް ލިބޭނެ
ބާނާ މަސް ރޯ މެޓޭރިއަލްގެ ގޮތުގައި ރާއްޖޭއިން ބޭރުކުރުން ހުއްޓާލަންޖެހޭ

ދިވެހިރާއްޖޭގެ މަސްވެރިން ރާއްޖޭގެ ސަރަހައްދު ދޫކޮށް މަސްވެރިކަން ކުރުމަށް ނުކުންނަންޖޭ ކަމަށާއި، މަސައްކަތް ކުރަނީ މަސްވެރިކަމުގެ ބިލުން އެފުރުސަތު ހޯދައިދޭ ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުގުނީ ވިދާޅުވެއްޖެއެވެ.

ފަލަސުރުހީ ޕްރޮގްރާމްގައި މެމްބަރު މުގުނީ ވިދާޅުވީ އޮފިޝަލް ޕްލެޓް ފޯމްގެ ތެރެއިން އެގޮތަށް މަސްވެރިކަން ކުރެވޭނެ ކަމަށާއި، ދުނިޔޭގެ ތަޖުރިބާ ބޭފުޅުންނާއެކު އެއްމޭޒަކަށް އަރައި އެމަސައްކަތާ ބެހޭ ގޮތުން މަޝްވަރާކުރެވި އެކަންކަން ބަލައި އޮޅުން ފިލުވާފައިވާ ކަމަށެވެ.

މެމްބަރު މުގުނީ ވިދާޅުވީ އޮފިޝަލް ޕްލެޓް ފޯމްއިން އެޅުމަކީ ކުރަންޖެހޭ ކަމެއްކަމަށާއި، އެކަން ކުރުމަށް ބޭނުންވާ ގަވާއިދުތަކާއި އެހެންކަންތައްތައް ކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެ ޕްލެޓް ފޯމް އެޅުވުމުގެ މައިގަނޑު މަގުސަދަކީ މަސްވެރިންނަށް ފަހިފުރުސަތުތައް ހޯދައިދީ، ރާއްޖޭގެ ސަރަހައްދު ދޫކޮށް މަސްވެރިކަން ކުރުމަށް ނުކުތުމަށް ފުރުސަތު ހޯދައިދިނުން ކަމަށެވެ.

Advertisement

މިގާނޫނުން އެފުރުސަތު ހޯދައިދޭކަން ފާހަގަކުރައްވައި މެމްބަރު މުގުނީ ވިދާޅުވީ ދިވެހި މަސްވެރިން އަތޮޅު ތެރޭގައި ތާށިވެފައި ތިބިތިބުން ނެތިކޮށްލުމަށްފަހު އެ ބޭނުން ހިސާބަކަށް ގޮސް ރާއްޖޭގެ ދުނިން ބޭރުން މަސްވެރިކަން ކުރުމަށްފަހު ރާއްޖެއަށް އެބުރި އަންނައިރު އައިސް އެކިރަން ނުވަތަ ރަށު ބަނދަރަށް އައުން ވަނީ އުދަނގޫ ކަމަކަށްވެފައި ކަމަށެވެ.

ނަމަވެސް އެކަމަށް ބޭނުންވާ ވަސީލަތްތަކާއި، ތެލާއި، ފަނާއި އަދި އަދިވެސް މަސްވެރިންނަށް ބޭނުންވާނެ ވަސީލަތްތަކާއިއެކު އެ އޮފިޝަލް ޕްލެޓްފޯމް ވަކި ސަރަހައްދުތަކަކަށް ގާއިމް ކުރެވުމުން މަސްވެރިންނަށް އެކަމުން ބޮޑެތި ނަފާތަކެއް ލިބި ކުރަންޖެހޭ ހަރަދު އެތައް ބޮޑުތަނުން ކުޑަ ވެގެންދާނެ ކަމަށް މެމްބަރު މުގުނީ ވިދާޅުވިއެވެ.

ގޭދޮށު މަސްޕްލާންޓަށް އަލިއަޅުއްވާލައްވާ މެބްބަރު މަގުނީ ވިދާޅުވީ ރާއްޖޭގައި ބާނާ މަސް ރޯ މެޓޭރިއަލްގެ ގޮތުގައި ރާއްޖޭއިން ބޭރުކުރުން ހުއްޓާލަންޖެހޭ ކަމަށާއި، ރާއްޖޭގެ މިމަސް ޕްރޮސެސްކޮށް އެއަގު އެއްކޮށް ދުނިޔޭގެ ބާޒާރަށް ބޮޑު އަގުގައި ބޭރުކުރެވެންޖެހޭ ކަމަށެވެ. އަދި މިހާރު ބާނާ މަހުގެ ބޮޑު ބައެއް ތައިލެންޑްއަށް އެކްސްޕޯޓް ކުރުމުން ލިބެންވާ އަގެއް ނުލިބޭ ކަމަށް މެމްބަރު ވިދާޅުވިއެވެ.

ލައިލެންޑްއަށް އަޅުގަނޑުމެން ގެންދާ 50 ޓަނުގެ ތެރެއިން އެބޭފުޅުން 300 ނުވަތަ 400 ޓަނުލުމަށްފަހު ދިވެހިރާއްޖޭގެ ލޭބަލް ޖެހުމަށްފަހު ދުނިޔޭގެ އެތަން މިތަނަށް ފޮނުވާލަނީ ބޮޑު އަގުގައި. ރާއްޖެއަށްވީމަ ވަކި ޚާއްސަ އަގުތަކެއް ދުނިޔޭގޭ ބާޒާރުގައި ލިބޭ. އެކަމަކު އަޅުގަނޑުމެންނަށް އެވަރަށް ބޭރުކުރުމުގެ ސަބަބުން އަޅުގަނޑުމެންނަށް ބޭނުންވާ މަސް ވެސް ނުލިބިދާނެ ކަމުގެ ބިރު އެބަހީވޭ. އަޅުގަނޑުމެންގެ ބޭނުމަކީ ރާއްޖޭގައި ބާނާ މަސް ރާއްޖޭގެ ދުމަށިތަކުގަ ގޭދޮށު ކުދި މަސް ފެކްޓްރީތައް ހެދުމަށްފަހު ގޭދޮށު ޕްލާންޓްތައް ހެދުމަށްފަހު އެތަނުން އަގުއެއްކޮށް އެއެއްޗެހި އެއްކޮށް ރާއްޖޭގެ ބާޒުތަކަށް ރިސޯޓުތައް ނެރުން.
މެމްބަރު މުގުނީ ވިދާޅުވި

މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކޮށްފައިވާ ތަޖުރިބާކާރު ކެޔޮޅު މުހައްމަދު ހަސަން ވިދާޅުވީ މަސްވެރިކަމުގެ ބިލު ތަންފީޒުކުރެވިގެންދާ ހިސާބުން މަސްވެރިންނަށް ބޮޑެތި ފައިދާތަކާއި މަންފާތައް ލިބެގެންދާ ކަމަށް އުންމީދުކުރާ ކަމަށެވެ.

މުހައްމަދު ވިދާޅުވީ ޒަމާނުއްސުރެ މަސްވެރިންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މަހަށް ހަމަ އަގު ނުލިބުމާއި، މިފްކޯއަށް މަސްކިރުމަށްފަހު ވަގުތުން ފައިސާ ނުލިބުން ކަމަށެވެ. އަދި މިފާއިތުވި 7 އަހަރު ދުވަހު މަސްވެރިން މަސައްކަތް ކުރަމުން އައި މިދަތިތަކާއެކުކަން އޭނާ ފަހަގަކުރެއްވިއެވެ.

މުހައްމަދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މަސްވެރިންނަށް ކޮށްދެއްވާ ކަންކަމާއި، ބާއްވާ ގާތްކަމަށް ޝުކުރުވެރިވާ ކަމަށާއި، ފޮނި ވައުދުތައްކޮށް މަސްވެރިންނަށް ހުވަފެންތައް ނުދައްކާ ކަމަށެވެ. ނަމަވެސް މަސްވެރިންނަށް ދިމާވާ ދަތިތަކާއި، އުދަނގޫތައް ހައްލު ކޮށްދާ ކަމަށާއި، މަސްވެރިންނަށް ފަހި ފިރުސަތު ހޯދައިދޭ ކަމަށް އޭނާ ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް
29 އޯގަސްޓް 2019 | ބުރާސްފަތި 11:14
ޅ. އަތޮޅު
ހިކިމަސް ގަނެ ވިއްކާ މީހަކާ ޕާޓްނާޝިޕް ހެދުންކަހަލަ ކަމެއްތޯތިއީ. ހިކިމަސް ގަނެ ވިއްކާމީހުންނަށް ވެސް އެމީހުންގެ ހައްގުތަށް އޮންނަކަން ދަންނަށްޗޭ. މީހާ ބަލިވެ މުސްކުޅިވެ މަރުއެދަށް ދިޔުމަކީ އެމިހާ ދޮވެލާ އެމީހާ ދަރަނިވެރިކޮއްލަން ޖެހޭނެކަމެއް ނޫންކަން ވެސް ހަދާންކޮއްލަދެމެވެ. ރާއްޖޭގެ ނައިބު ރައީސަކުވެސް އެކަހަލަ ޑީލްތަކެއް (ފަޅުރަށާއި ގިރިނފަރު ގަނެ ވިއްކާ) ހެދިއެވެ. އެއް ރަށެއް އެތަށް ބަޔަކަށް ވިއްކިއެވެ. ފަހުން ޖެހުނު ހާލު ފެނޭހެއްޔެވެ. އިންސާފުގެ ކުރިމަށްޗަށް ގެނެވޭނެއެވެ. ތާއަބަދަކު އެހެންނެއް ނޫޅެވޭނެއެވެ. ބައެއްގެ ހައްގެއް އޮވެއްޖެއްޔާ އަވަހަށް އެބަޔަކަށް އެ ރައްދުކޮއްދޭށެވެ. ބޭންކެއްގެ އަންހެން ސްޓާފެއް ދަންޖެހުނުހަދާން ވޭހެއްޔެވެ. ހަމަ ހަދަންކޮއްލަދިނީއެވެ(އެކަން ގޮސް ނިމެނީ ކިހާހިސާބަކަށް ހެއްޔެވެ). ގެވެށި އަނިޔާ ކުރާވާހަކަވެސް މީހުން ދައްކަނީ އޭގައި ހަގީގަތްތަކެއް އެކުލެވޭތީއެވެ. ފަރަންޖީ ފިރެހެނުންނާ ހިތާވެގެން އުޅޭ ކިތެންމެ ފިރިހެނުންނެއްވެސް ރާއްޖޭގައި އުޅެތެވެ. އެއީ އެކަން އޮންނަށް ޖެހޭ ގޮތްހެއްޔެވެ. ކުއްލިޔަކަށް މުއްސަދިވީ ފަރަންޖީ ޖަވާހިރެއް ހޯދައިގެންބާވައެވެ