Advertisement
ކ. މާލެ
|
29 އޯގަސްޓް 2019 | ބުރާސްފަތި 08:52
ކޮމަންވެލްތު އެސެސްމަންޓް މިޝަންގެ ބޭފުޅުންނާއި ފޮރިން މިނިސްޓަރު ޝާހިދު ބައްދަލުކުރައްވަނީ
ކޮމަންވެލްތު އެސެސްމަންޓް މިޝަންގެ ބޭފުޅުންނާއި ފޮރިން މިނިސްޓަރު ޝާހިދު ބައްދަލުކުރައްވަނީ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ކޮމަންވެލްތު އެސެސްމަންޓް މިޝަންގެ ބޭފުޅުންނާއި ފޮރިން މިނިސްޓަރު ޝާހިދު ބައްދަލުކުރައްވައިފި
މިނިސްޓަރ ޝާހިދުވަނީ ދިވެހިރާއްޖެއިން ކޮމަންވެލްތުގެ ހަމަތައް ޤަބޫލުކޮށް، ކުރިއެރުވުމަށް ތައްޔާރަށް އޮތްކަމަށް ވިދާޅުވެފަ
މިނިސްޓަރ ޝާހިދު އެންމެ ފަހުން ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްއާއި ބައްދަލުކުރައްވާފައިވަނީ މިއަހަރުގެ ޖޫން މަހު
ކޮމަންވެލްތާއި ގުޅުމަށް ވަރަށް ބޮޑަށް ތައްޔާރުވެފައިވާކަމާއި ބޭނުންވެފައިވާކަން ބައްދަލުކުރެވުނު ފަރާތްތަކުގެ ފަރާތުން އެނގިގެން ދިޔަކަން ފާހަގަކުރައްވާފަ

ދިވެހިރާއްޖެއަށް މިހާރު ވަޑައިގެން އުޅުއްވާ ކޮމަންވެލްތު އެސެސްމަންޓް މިޝަންގެ ބޭފުޅުންނާއި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ބައްދަލު ކުރައްވައިފިއެވެ.

ބުދަ ދުވަހު މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި ބޭއްވި މިބައްދަލު ކުރެއްވުމުގައި މިނިސްޓަރ ޝާހިދުވަނީ ދިވެހިރާއްޖެއިން ކޮމަންވެލްތުގެ ހަމަތައް ޤަބޫލުކޮށް، ކުރިއެރުވުމަށް ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައެވެ. އޭގެ ތެރޭގައި ޑިމޮކްރަސީއާއި ހެޔޮވެރިކަން ޤާއިމްކުރުމާއި، އިންސާނީ ހައްޤުތަކާއި ޖަވާބުދާރީވުމުގެ ނިޒާމްތައް ހަރުދަނާކުރުން ހިމެނެއެވެ. މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި މިސަރުކާރު 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވެރިކަމަށް އައީސުރެ ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށް އަލުން ވުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކޮށްފައިވާކަން ފާހަގަ ކުރެއްވިއެވެ. އަދި ދިވެހިރާއްޖެއަށް މިހާރު ވަޑައިގެން އުޅުއްވާ އެސެސްމަންޓް މިޝަންއިން ދިވެހިރާއްޖެ އަލުން އަނބުރާ ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށްވުމަށް ކުރާ މަސައްކަތަށް ބާރު ލިބޭނެ ރެކޮމެންޑޭޝަނެއް ސެކްރެޓަރީ ޖެނެރަލްއަށް އަރުވާނެކަމަށް އުއްމީދުކުރައްވާކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ހުށަހެޅުއްވުމާއި ގުޅިގެން މިއަހަރުގެ ޖެނުއަރީ މަހު ކޮމަންވެލްތުގެ އެސެސްމަންޓް ޓީމެއް ދިވެހިރާއްޖެއަށް ވަޑައިގެންނެވިއެވެ. އަދި އޭގެ ފަހުން މިއަހަރު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮބްޒަރވް ކުރުމަށް އެޕްރީލް މަހު އޮބްޒާވަރ މިޝަންއަށް ވެސް ވަޑައިގަތެވެ. މިނިސްޓަރ ޝާހިދު އެންމެ ފަހުން ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްއާއި ބައްދަލުކުރައްވާފައިވަނީ މިއަހަރުގެ ޖޫން މަހު، ކަމްޕާލާ ކޮމިއުނިކޭގެ ދަށުން ދިވެހިރާއްޖެއިން ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށް އަލުން ވުމަށް އެދި ހުށަހަޅަން ޖެހޭ އެންމެ ފަހު ލިޔެކިޔުންތައް ހުށަހެޅުއްވުމަށެވެ.

Advertisement

ބައްދަލުވުމުގައި ކޮމަންވެލްތު އެސެސްމަންޓް ޓީމްގެ ފަރާތުން ވަނީ ދިވެހިރާއްޖެއިން ކޮމަންވެލްތާއި ގުޅުމަށް ވަރަށް ބޮޑަށް ތައްޔާރުވެފައިވާކަމާއި ބޭނުންވެފައިވާކަން ބައްދަލުކުރެވުނު ފަރާތްތަކުގެ ފަރާތުން އެނގިގެން ދިޔަކަން ފާހަގަކުރައްވާފައެވެ. އަދި ކޮމަންވެލްތާއި އަނބުރާ ގުޅުމަށް ދިވެހިރާއްޖެއިން މިހާރު ކުރަމުންދާ މަސައްކަތުން ޑިއު ޕްރޮސެސް ފުރިހަމަކޮށް، އެޖަމްއިއްޔާގެ މެމްބަރުކަން ދިވެހިރާއްޖެއަށް އަނެއްކާ ވެސް ލިބޭނެކަމުގެ ޔަޤީންކަން އެ ޓީމުން ދެއްވިއެވެ.

ކޮމަންވެލްތު އެސެސްމަންޓް ޓީމުގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ކޮމަންވެލްތު ސެކްރެޓޭރިއެޓްގެ ގަވަރނަންސް އެންޑް ޕީސް ޑައިރެކްޓަރޭޓްގެ ސީނިއަރ ޑިރެކްޓަރ މިސް ކަޓަލައިނާ ސަޕްލޯ، ކޮމަންވެލްތު ފައުންޑޭޝަންގެ ޑިރެކްޓަރ ޖެނެރަލް ޑރ އޭން ގެލެގަރ، ކޮމަންވެލްތު ސެކްރެޓޭރިއެޓްގެ އެޑްވައިޒަރ ފޮރ ޓްރޭޑް ކޮމްޕެޓެޓިވްނަސް މރ ސުޖީވަން ޕެރޭރާ، ސެކްރެޓޭރިއެޓްގެ ޕޮލިޓިކަލް އޮފިސަރ މރ ޖޮނަތަން ޗެންގް އެވެ.

މިނިސްޓަރ ޝާހިދުގެ އަރިހުގައި މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލް، އެމްބެސެޑަރ އެޓް ލާރޖް ޑރ. އާސިމް އަހުމަދު، އެޑިޝަނަލް ސެކްރެޓަރީ ޖާވިދް ފައިޒަލް އަދި މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރ އަހުމަދު ސަލްމާން ޒަކީއެވެ. ކޮމަންވެލްތު އެސެސްމަންޓް މިޝަންގެ ބޭފުޅުން މިމަހުގެ 25 އިން 29 އަށް ދިވެހިރާއްޖޭގައި ޙަރަކާތްތެރިވެވަޑައިގަންނަވާއިރު ކަމާއި ގުޅުން ހުރި އެކި ދާއިރާތަކުގެ ފަރާތްތަކާއި ބައްދަލުކުރައްވާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް