Advertisement
ކ. މާލެ
|
28 އޯގަސްޓް 2019 | ބުދަ 19:51
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ރާއްޖެ އެމްވީ
މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް
އިސްލާމިކް އެފެއާޒް މިނިސްޓަރުގެ ނާއިބުގެ މަޤާމަށް ޙުސައިން ޝަރީފް ޢައްޔަން ކުރައްވައިފި
ޙުސައިން ޝަރީފަކީ ބެޗެލަރ އޮފް ޝަރީޢާ އެންޑް ލޯ، އޮނާރސް އާއެކު ޙާޞިލުކުރައްވާފައިވާ ބޭފުޅެއް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ ނައިބުގެ މަޤާމަށް ގދ.ތިނަދޫ ކަލްމުނާ، ޙުސައިން ޝަރީފް ޢައްޔަން ކުރައްވައިފިއެވެ.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ ނައިބުގެ މަޤާމަށް ބުދަ ދުވަހު ޢައްޔަން ކުރެއްވި ޙުސައިން ޝަރީފަކީ ބެޗެލަރ އޮފް ޝަރީޢާ އެންޑް ލޯ، އޮނާރސް އާއެކު ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ.

Advertisement

މީގެ އިތުރުން ވޭތުވެދިޔަ 20 އަހަރު އަމިއްލަ ވިޔަފާރި ކުންފުނިތަކުގައި މެނޭޖަރ ފެންވަރުގެ މަޤާމުތައް ޙުސައިން ޝަރީފް އަދާކުރައްވާފައިވާކަން ފާހަގަކޮށްލެވެއެވެ.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ ނައިބުގެ މަޤާމު ކުރިން ފުރުއްވަމުން އައީ ތައުލީމީ ދާއިރާގައި ޚިދުމަތްކުރައްވާފައިވާ ބޭފުޅެއް ކަމަށްވާ ޝާފިއު އަލީއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް