Advertisement
ކ. މާލެ
|
28 އޯގަސްޓް 2019 | ބުދަ 18:40
ޔުނިވާރސިޓީގެ ފަރާތުން ގްލޯބަލީ އިންސްޕިރޭޝަނަލް ލީޑަރޝިޕްގެ ޚާއްޞަ އެވޯޑެއް މިނިސްޓަރަށް ދީފައިވޭ
ޔުނިވާރސިޓީގެ ފަރާތުން ގްލޯބަލީ އިންސްޕިރޭޝަނަލް ލީޑަރޝިޕްގެ ޚާއްޞަ އެވޯޑެއް މިނިސްޓަރަށް ދީފައިވޭ
މިނިސްޓްރީ އޮފް ޓޫރިޒަމް
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
ލިމްކޮކްވިންގް ޔުނިވާރސިޓީގެ އިސް ފަރާތްތަކާއި ޓޫރިޒަމް މިނިސްޓަރު ބައްދަލުކުރައްވައިފި
ޔުނިވާރސިޓީގެ ފަރާތުން ގްލޯބަލީ އިންސްޕިރޭޝަނަލް ލީޑަރޝިޕްގެ ޚާއްޞަ އެވޯޑެއް މިނިސްޓަރަށް ދީފައިވޭ

މިނިސްޓަރ ޢަލީ ވަޙީދު މެލޭޝިޔާގެ ވެރި ރަށް ކުއަލަލަމްޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެ ޤައުމުގެ ލިމްކޮކްވިންގް ޔުނިވާރސިޓީގެ ދަޢުވަތަކަށް، އެ ޔުނިވާރސިޓީގެ އިސް ފަރާތްތަކާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބުދަ ދުވަހު ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި، ލިމްކޮކްވިންގް ޔުނިވާރސިޓީގެ ނައިބު ރައީސް ޑާތޯ ސްރީ ޓިމޮތީ ލިމް ކޮކް ވިންގް އާއި ޔުނިވާރސިޓީ ހިންގެވުމުގައި އިސް ދައުރެއް އަދާ ކުރައްވާ ފަރާތްތަކާއިއެކު ބޭއްވި ރަސްމީ ބައްދަލުވުމުގައި، މިހާރުގެ ސަރުކާރުން، ތަޢުލީމީ އަދި ޤާބިލު ޒުވާނުން އުފެއްދުމަށްޓަކައި ދެއްވާ އަހަންމިއްޔަތުކަން ފާހަގަކުރައްވާ، މިގޮތުގެ މަތިން މިނިސްޓްރީ އާއި، ފަތުރުވެރިކަމުގެ ސިނާޢަތުގެ އިންސާނީ ވަސީލަތް ތަރައްޤީ ކުރުމަށް ހުރި ފުރުޞަތުތަކާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވެއެވެ.

Advertisement

މިނިސްޓަރު ޢަލީ ވަޙީދު ކުރެއްވި ޒިޔާރަތުގެ ޝަރަފުގައި، ލިމްކޮކްވިންގް ޔުނިވާރސިޓީގެ ރައީސް ޓޭން ސްރީ ޑާތޯ ސްރީ ޕަޑުކާ ޑޮކްޓަރ ލިމް ކޮކް ވިންގްގެ ފަރާތުން، ރާއްޖޭގެ 10 ދަރިވަރުންނަށް އެ ޔުނިވާރސިޓީގައި ހިލޭ ކިޔެވުމުގެ ފުރުޞަތު ވަނީ ފަހި ކޮށްދެއްވާފައިވެއެވެ. ލިމްކޮކްވިންގް ޔުނިވާރސިޓީގެ މި ދީލަތި އެހީ ޤަބޫލުކުރައްވާ މިނިސްޓަރ ޢަލީ ވަޙީދު ވަނީ ޔުނިވާރސިޓީގެ ރައީސްއަށާއި ނައިބު ރައީސްއަށް ޝުކުރު ދަންނަވާފައެވެ. އަދި ތަޢުލީމުގެ އިތުރުން، ޢަމަލީ ތަޖުރިބާގެ އަލީގައި ދަރިވަރުންނަށް އުނގަންނައި ދިނުމަށް އެ ޔުނިވާރސިޓީގެ ފަރާތުން ގެންގުޅޭ އުސޫލަށް ވަނީ ތަޢުރީފު ކުރައްވާފައެވެ.

މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ލިމްކޮކްވިންގް ޔުނިވާރސިޓީއަށް މިނިސްޓަރ ކުރެއްވި ޒިޔާރަތުގައި، ޔުނިވާރސިޓީގެ ދަރިވަރުންގެ ފަރާތުން މެލޭޝިޔާގެ ސަޤާފަތާއި އާދަކާދަ ދައްކުވައިދޭ ކުލަގަދަ ހަރަކާތްތަކަކާއިއެކު ވަރަށް ހޫނު މަރުޙަބާއެއް ވަނީ ކިޔާފައެވެ. އަދި މިނިސްޓަރގެ ޒިޔާރަތުގައި، މި ދަރިވަރުންގެ ޚާއްޞަ ޕުރޮޖެކްޓްތަކާއި، ޔުނިވާރސިޓީގެ ހޯލް އޮފް ފޭމް ވަނީ ބައްލަވާލައްވާފައެވެ. ޔުނިވާރސިޓީގެ ކުރީގެ ދަރިވަރެއްގެ ހައިޞިއްޔަތުން މިނިސްޓަރ ޢަލީ ވަޙީދު މިއަދާއި ހަމައަށް ހާސިލުކުރައްވާފައިވާ ކާމިޔާބު ފާހަގަކޮށް، ޔުނިވާރސިޓީގެ ފަރާތުން "ގްލޯބަލީ އިންސްޕިރޭޝަނަލް ލީޑަރޝިޕް" ގެ ޚާއްޞަ އެވޯޑެއް މިނިސްޓަރަށް ވަނީ އަރުވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް