Advertisement
ކ. މާލެ
|
28 އޯގަސްޓް 2019 | ބުދަ 17:23
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް
ރައީސް އޮފީސް
އިޖްތިމާއީ ސިއްހީ އިންޝުއަރަންސް
އިޖްތިމާޢީ ސިއްހީ އިންޝުއަރަންސްގެ ޤައުމީ ނިޒާމުގެ ޤާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީޤު ކުރައްވައިފި
މި ބިލަކީ އޯގަސްޓު މަހުގެ 21 ވީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 37 ވަނަ ޖަލްސާއިން ފާސްކޮށްފައިވާ ބިލެއް

އިޖްތިމާއީ ސިއްހީ އިންޝުއަރަންސްގެ ޤައުމީ ނިޒާމުގެ ޤާނޫނަށް ރައްޔިތުންގެ މަޖުލީހުން ގެނައި ފުރަތަމަ އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް ބުދަ ދުވަހު ތަސްދީޤު ކުރައްވައިފިއެވެ.

މި ބިލަކީ އޯގަސްޓު މަހުގެ 21 ވީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 37 ވަނަ ޖަލްސާއިން ފާސްކޮށްފައިވާ ބިލެކެވެ.

މި ބިލުން އިސްލާހު ހުށަހަޅާފައި ވަނީ އިޖްތިމާޢީ ސިއްހީ އިންޝުއަރަންސްގެ ޤައުމީ ނިޒާމުގެ ޤާނޫނުގެ 42 ވަނަ މާއްދާގެ (ހ) އަށެވެ. މި އިސްލާހުގައި ބުނެފައިވަނީ، މި މާއްދާގައި "މިނިސްޓަރު" ކަމުގައި ބުނެފައި ވަނީ ރައްޔިތުންނަށް އިޖްތިމާޢީ ޚިދުމަތްތައް ފޯރުކޮށްދިނުމާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ޙަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށް ކަމުގައެވެ.

Advertisement

އިޖްތިމާޢީ ސިއްހީ އިންޝުއަރަންސްގެ ޤައުމީ ނިޒާމުގެ ޤާނޫނަށް، ސަރުކާރުން މި އިސްލާހު ގެނައުމުގެ ބޭނުމަކީ، އެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ ކަންކަން، ޞިއްޙަތާ ބެހޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ޙަވާލުކުރެވިފައިވާ ވުޒާރާއާ ޙަވާލުކޮށްފައި އޮތުމުގެ ބަދަލުގައި، ރައްޔިތުންނަށް އިޖްތިމާޢީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާ ކަމަށްވާ "މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް" އަށް ބަދަލުކުރުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ އސްލާހު ޤާނޫނަށް ގެނައުމެވެ.

މި ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވުމާ ގުޅިގެން ބުދަ ދުވަހު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް