Advertisement
ކ. މާލެ
|
28 އޯގަސްޓް 2019 | ބުދަ 17:14
ޖަޕާނު ސަރުކާރުން ހަވާލުކުރި މެޑިކަލް އިކުއިޕްމަންޓްތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ޖަޕާނު ސަރުކާރުން ހަވާލުކުރި މެޑިކަލް އިކުއިޕްމަންޓްތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ހެލްތު މިނިސްޓްރީ
ޖަޕާނު ސަރުކާރުގެ އެހީ
ސިއްހީ ދާއިރާ ކުރިއެރުވުމަށް ޖަޕާނުން 2.8 މިލިއަން ޑޮލަރުގެ މެޑިކަލް އިކުއިޕްމަންޓް ހަދިޔާކޮށްފި
ގިނަ އަދަދެއްގެ މެޑިކަލް އިކުއިޕްމަންޓްސް ހަދިޔާކޮށްފައިވޭ
ޖަޕާނު ސަރުކާރުން އުއްމީދު ކުރަނީ މިކަމުގެ ސަބަބުން ސިއްހީ ދާއިރާއަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އުއްމީދުކުރާ ކަމަށް
މިއީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ވެވުނު އެއްބަސްވުމެއްގެ ދަށުން ފޯރުކޮށްދީފައިވާ ސާމާނުތަކެއް

ދިވެހިރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ހިލޭ އެހީގެ ގޮތުގައި ޖަޕާނު ސަރުކާރުން 2.8 މިލިއަން ޑޮލަރު (43 މިލިއަން ރުފިޔާ) ގެ މެޑިކަލް އިކުއިޕްމަންޓްސް ހަދިޔާކޮށްފިއެވެ.

އަންގާރަ ދުވަހު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި، މި ތަކެތި ދިވެހިރާއްޖެއާ ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކައިކޯ ޔަނާއީ އެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި ތަކެއްޗާ ހަވާލުވެވަޑައިގެންނެވީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އެވެ.

ޖަޕާނުން ރާއްޖެއަށް ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ ހަތަރު އަލްޓްރާ ސޮނިކް ސައުންޑް ސިސްޓަމާއި، އެއް މޯބައިލް ޑިޖިޓަލް އެކްސް-ރޭ ސިސްޓަމާއި، ޓްރާންސްޕޯޓަބަލް އިންކިއުބޭޓަރ ހިމެނޭ އެއް ވެންޓިލޭޓަރާއި، ފަސް ޑީފްލްބްރިލޭޓަރާއި، ފަސް ޑެންޓަލް ޔުނިޓާއި، ފަސް ޑެންޓަލް އޮޓޮކްލޭވް އަދި ފަސް ޑެންޓަލް އެކްސް-ރޭ ފިލްމް ޑިވެލޮޕަރެއް ހިމެނެއެވެ. ޖަޕާނުން ވަނީ އަތޮޅު ތެރޭގައި ބޭނުންކުރަން 24 އެމްބިއުލާންސް ވެސް ހަދިޔާކޮށްފައެވެ.

Advertisement

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖަޕާނު ރާއްޖެ ކަނޑައަޅާފައިވާ ސަފީރު ކެއިކޯ ޔަނާއި ވިދާޅުވީ، ރާއްޖެއިން ސިއްހީ ނިޒާމުގައި ދުނިޔޭގެ ފެންވަރުގެ ކާމިޔާބީ ހޯދާފައިވާ ކަމަށެވެ. ކެއިކޯ ޔަނާއި ވާހަކަފުޅު ދައްކަވަމުން އިތުރަށް ވިދާޅުވީ، މިނިސްޓަރު އަމީން ރާއްޖޭގެ ސިއްހީ ނިޒާމު ކުރިއެރުވުމަށް ވަރަށް ކާމިޔާބު ލަޑުދަޑިތަކެއް ގެންގުޅުއްވާ ކަމަށާއި، އުއްމީދު ކުރައްވަނީ އެ ލަޑުދަޑިތަށް ހާސިލް ކުރުމަށް ޖަޕާނުން ސަރުކާރުން ދިން ތަކެތީގެ ބޭނުން ވެސް ކުރައްވާނެ ކަމަށެވެ.

ޖަޕާނު ސަރުކާރުން މިތަކެތި ރާއްޖެއާ ހަވާލުކޮށްފައި މިވަނީ، ޖޫން މަހުގެ 2018 ވަނަ އަހަރުގެ ދިވެހި ސަރުކާރާއި ޖަޕާނު ސަރުކާރާއި ދެމެދު ސޮއިކުރެވުނު އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމަކީ ޖަޕާނު ސަރުކާރުގެ "އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް" ގެ ތެރެއިން ސޮއިކުރެވުނު އެއްބަސްވުމެކެވެ.

މެޑިކަލް އިކިއުޕްމަންޓްތައް ހަދިޔާކުރުމަށް ފަހު ޖަޕާނު ސަރުކާރުން ނެރުނު ބަޔާނެއްގައި ވަނީ، މި އެހީގެ ސަބަބުން ދިވެހިރާއްޖޭގެ ސިއްހީ ދާއިރާގެ ތަރައްގީގައި ބައިވެރިވެވުނު ކަމަށް އުއްމީދު ކުރާ ކަމަށެވެ. ޖަޕާނަކީ އަބަދުވެސް ދިވެހިރާއްޖެއާ އެކު ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމެކެވެ. އެގޮތުން ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށާއި ތައުލީމީ ދާއިރާއަށް ޖަޕާނުން ވަނީ ގިނަގުނަ އެހީތަކެއް ފޯރުކޮށްދީފައެވެ. އަދި ސިއްހީ ދާއިރާ ކުރިއެރުވުމަށް ވެސް ތަފާތު އެކި ފަހަރު މަތިން އެހީ ފޯރުކޮށްދީފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް