Advertisement
ކ. މާލެ
|
28 އޯގަސްޓް 2019 | ބުދަ 16:36
އަލީ ހާޝިމް
އަލީ ހާޝިމް
ފިނޭންސް މިނިސްޓްރީ
އެމްއެމްއޭ
އެމްއެމްއޭގެ ގަވަރުނަރު ކަމަށް އަލީ ހާޝިމްގެ ނަން ފޮނުއްވައިފި
ހާޝިމް ވަނީ 2008 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ފިނޭންސް މިނިސްޓަރުކަން ކުރައްވާފަ
އެމްއެމްއޭގެ ގަވަރުނަރު ކަމުގައި ކުރިން ހުންނެވި އަހުމަދު ނަސީރު އެ މަގާމުން އިސްތިއުފާ ދެއްވީ ވޭތުވެ ދިޔަ ޖުލައި މަހު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ދިވެހިރާއްޖޭގެ ގައުމީ މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު ކަމަށް އަލީ ހާޝިމްގެ ނަން ހުށަހަޅުއްވައިފިއެވެ.

Advertisement

އެމްއެމްއޭގެ ގަވަރުނަރު ކަމަށް އަލީ ހާޝިމް އައްޔަން ކުރެއްވުމަށް އޭނާގެ ނަން ރައީސް ސޯލިހު މަޖިލީހަށް ފޮނުއްވާފައިވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވަނީ ވިދާޅުވެފައެވެ. އަދި އޭނާ ވަނީ މިކަމާއި ގުޅޭގޮތުން ޓްވީޓެއް ވެސް ކުރައްވާފައެވެ.

އަލީ ހާޝިމް ވަނީ 2008 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ފިނޭންސް މިނިސްޓަރުކަން ވެސް ކުރައްވާފައެވެ.

އެމްއެމްއޭގެ ގަވަރުނަރު ކަމުގައި ކުރިން ހުންނެވި އަހުމަދު ނަސީރު އެ މަގާމުން އިސްތިއުފާ ދެއްވީ ވޭތުވެ ދިޔަ ޖުލައި މަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް