Advertisement
ކ. މާލެ
|
28 އޯގަސްޓް 2019 | ބުދަ 15:35
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މުރަކަބޭ މޯލްޑިވްސް ޑައިވް ސްކޫލް ހުޅުވައިދެއްވަނީ
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މުރަކަބޭ މޯލްޑިވްސް ޑައިވް ސްކޫލް ހުޅުވައިދެއްވަނީ
ޝުއައިބް މުހައްމަދު އިގްބާލް
އުކުޅަސް
"މުރަކަބޭ" ރައީސް ނަޝީދު ހުޅުވާ ދެއްވައިފި
މުރަކަބޭ ހުޅުވާދިނިމަށް ފަހު ރައީސް ނަޝީދު ވަނީ ސްނޯކްލިންގް އަށް ވަޑައިގެންފަ
މުރަކަބޭގެ ފަރާތުން އުކުޅަހުގެ ފަރުތައް ރައްކާތެރިކުރުމަށް ޕްރޮގްރާމްތައް ދަނީ ހިންގަމުން

އުކުޅަސް ޑައިވް ސްކޫލް "މުރަކަބޭ މޯލްޑިވްސް" ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުޅުވާދެއްވައިފިއެވެ.

އެމަނިކުފާނު މި ޑައިވް ސްކޫލް ހުޅުވާދެއްވާފައި މިވަނީ އުކުޅަހުގައި ކުރިއަށް ގެންދާ ސްކީމާ ކޮންފަރެންސްގައި ބައިވެރިވެވަޑައި ގަތުމަށް އެ ރަށަށް ކުރައްވާފައިވާ ދަތުރުފުޅުގައެވެ.

Advertisement

ޑައިވް ސްކޫލް ހުޅުވުމަށް ފަހު، ޑައިވް ސްކޫލްގެ ފަރާތުން ވަނީ އުކުޅަހުގެ މުރަކަ ހިމާޔަތްކުރައްމަޓަކައި އެ ފަރާތުން 2017 ވަނަ އަހަރު ފަށާފައިވާ ޕްރޮގްރާމް ރައީސް ނަޝީދުއާ ހިއްސާ ކުރައްވާފައެވެ. އަދި އެދުވަހުން ފެށިގެން މިއަދާ ހަމައަށް ޕްރޮގްރާމްގެ ދަށުން ހާސިލް ކުރެވިފައިވާ ކަންތައްތަކުގެ އިތުރުން ކުރިއަށް އޮތްތާގައި މި ޕްރޮގްރާމްގެ ދަށުން ކުރަން ހަމަޖެހިފައިވާ ކަންތައްތައް އެ ފަރާތުންވަނީ ރައީސް ނަޝީދުއާ ހިއްސާ ކުރައްވާފައެވެ.

މުރަކަބޭ ހުޅުވުމުގެ ރަސްމިއްޔާތައް ފަހު، ރައީސް ނަޝީދު ވަނީ، އުކުޅަހުގެ ފަރުތެރެ ބަލާލެއްވުމަށް ސްނޯކްލިންގް އަށް ވަޑައިގެންފައެވެ. އެމަނިކުފާނާ އެކު ޑައިވް ސްކޫލްގެ ފަރާތްތަކާއި ރަށު ކައުންސިލްގެ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް