Advertisement
ކ. މާލެ
|
20 އޯގަސްޓް 2019 | އަންގާރަ 10:54
މި ބައްދަލުވުމުގެ ފެސިލިޓޭޓަރުން ވޭމަންޑޫއަށް ދިއުން
މި ބައްދަލުވުމުގެ ފެސިލިޓޭޓަރުން ވޭމަންޑޫއަށް ދިއުން
ހޯމް މިނިސްޓްރީ
ހޯމް މިނިސްޓްރީ
ޒިންމާދާރު ރައްޔިތުން ބިނާކުރުމުގެ 13 ވަނަ ބައްދަލުވުން ބުދަ ދުވަހު ފަށަނީ
12 ވަނަ ބައްދަލުވުން އޮތީ ރ އަތޮޅުގައި
މިފަހަރު ބައްދަލުވުން އޮތީ ތ އަތޮޅުގައި
ތ އަތޮޅުގެ ހުރިހާ ރަށަކުން ބައިވެރިވާނެ

ޒިންމާދާރު ރައްޔިތުން ބިނާކުރުމުގެ 13 ވަނަ މަސައްކަތު ބައްދަލުވުން ބުދަ ދުވަހު ފަށާނެ ކަމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ބުނެފިއެވެ.

ހޯމް މިނިސްޓްރީން އަންގާރަ ދުވަހު ކުރި ޓްވީޓެއްގައި ބުނީ، ޒިންމާދާރު ރައްޔިތުން ބިނާކުރުމުގެ 13 ވަނަ މަސައްކަތު ބައްދަލުވުން ބުދަ ދުވަހު ފަށާނެ ކަމަށާއި، ބައްދަލުވުމުގައި ތ.އަތޮޅުގެ ހުރިހާ ރަށަކުން ބައިވެރިވާނެ ކަމަށެވެ.

Advertisement

އޭގެ އިތުރުން، ބައްދަލުވުމުގައި ބައިވެރިވާ ފެސިލިޓޭޓަރުން ތ ވޭމަންޑޫއަށް ގޮސްފައިވާ ކަމަށް ވެސް ހޯމް މިނިސްޓްރީން ބުނެއެވެ.

މިފަހަރުގެ ބައްދަލުވުން ތ އަތޮޅުގައި ބޭއްވުމަށް ތައްޔާރުވަމުންދާއިރު، ޒިންމާދާރު ރައްޔިތުން ބިނާ ކުރުމުގެ 12 ވަނަ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ރ.އަތޮޅުގެ ރަށްރަށަށް އަމާޒު ކޮށްގެންނެވެ. އެގޮތުން މި މަސައްކަތު ބައްދަލުވުން ރ އުނގޫފާރުގައި ބާއްވާފައިވާއިރު، މިފަދަ ބައްދަލުވުންތައް އަމާޒުކޮށްފައި ވަނީ އަތޮޅުގެ ކައުންސިލް މެމްބަރުންނަށާއި، ރަށު ކައުންސިލްތަކުގެ މެމްބަރުންނަށާއި، ޒިންމާދާރު ވެރިންގެ އިތުރުން ހަރަކާތްތެރި ޖަމްއިއްޔާތަކުގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުންނަށް ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.

މި މަސައްކަތު ބައްދަލުވުން ތަކުގެ ބޭނުމަކީ އަމާންވެއްޓެއް ޤާއިމް ކުރުމާއި، ރައްޔިތު މީހާ އަކީ ޒިންމާދާރު މީހަކަށް ހެދުމަށް މަސައްކަތް ކުރުމާއި، ފަރުދީ ޒިންމާ ނަގަން ހިތްވަރު ދިނުމުގެ އިތުރުން ޒިންމާދާރު ގޮތެއްގައި ރަށު އަދި އަތޮޅު ފެންވަރުގައި މަސައްކަތްކުރުމުގެ މުޙިންމުކަން އަންގައިދިނުން ކަމަށް ހޯމް މިނިސްޓްރީން މައުލޫމާތުދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް