Advertisement
ކ. މާލެ
|
13 އޯގަސްޓް 2019 | އަންގާރަ 18:24
ހެލްތު މިނިސްޓްރީ
ށ.ފީވަކު
ފީވަކު ލެބޯޓަރީގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހްކޮށްފި
ސިއްހީކަންކަމުގެ އުފުލަމުންދިޔަ އެތައް ތަކުލީފެއް ކުޑަ ވެގެންދާނެ
އާއްމުންގެ އިތުބާރު މަރުކަޒާމެދު އިތުރުވެގެންދާނެ

ށ.ފީވަކު ލެބޯޓަރީގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.

މިޚިދުމަތް އިފްތިތާހް ކޮށްދެއްވީ ނިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާއެވެ.

ހެލްތް މިނިސްޓްރީން ބުނީ އިމާރާތް ހެދި ތަނަށް ބޭނުންވާ އެހެނިހެން މަސީލަތްތައް 2018 ވަނަ އަހަރުގެ ކުރީކޮޅުވަނީ ގާއިމްކޮށްފައިވާ ކަމަށެވެ.

ނަމަވެސް ތަނުގެ އިލެކްޓްރިކް ވިއުގައިގެ މައްސަލަތަކެއް ހުރުމުންނާއި ދިމާވި ބައެއް ސަބަބުތަކާހުރެ ލެބްގެ ޚިދުމަތް ނުފެށި ގިނަ ދުވަސްތެކެއް ވެފައިވާތީ މިނިސްޓަރުގެ އިސްނެންގެވުމަކަށް ކުރެވުނު މަސައްކަތުން 11 އޮގަސްޓް ވަނަ ދުވަހު ރޭ 08:45 ގައި ރަސްމީކޮށް މިޚިދުމަތް ފެށިފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

Advertisement

ހެލްތް މިނިސްޓްރީން މިޚިދުމަތް ފެށުމުން މަރުކަޒުގެ އޯޕީޑީގެ އިތުރުވެގެންދާނެ ކަމަށާއި، އާއްމުންގެ އިތުބާރު މަރުކަޒާމެދު އިތުރުވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ އާއްމުން ސިއްހީކަންކަމުގެ އުފުލަމުންދިޔަ އެތައް ތަކުލީފެއް ކުޑަވެ ޓެސްޓްތައް ހެދުމަށް ރަށްރަށަށް ދިއުމަށް ކުރަމުންދިޔަ ޓްރާސްޕޯރޓްގެ ޚަރަދުތައް ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށެވެ.

މިހަފްލާގައި މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ އަހްމަދު ފާޒިރު، ރަށުގެ ކައުންސިލަރުން، ސަރުކާރު ހުރިހާ މުއައްސަސާތަކެއް އިސްވެރިންނާއި މުވައްޒަފުން އަދި ރަށުގެ ކަމުމޮށިގެންވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް