Advertisement
ކ. މާލެ
|
13 އޯގަސްޓް 2019 | އަންގާރަ 12:24
މޫސުން ގޯސްވެ ކަނޑުގަދަވުން
މޫސުން ގޯސްވެ ކަނޑުގަދަވުން
މުހައްމަދު އަނިލް
މޫސުން
އުޅަނދު ފަހަރު ގެއްލިގެން އެމްއާރުސީސީ އަށް ރިޕޯޓުތައް ލިބެމުންދޭ، ސަމާލުވޭ: އެމްއެންޑީއެފް
ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ނުރައްކާތެރި ހާދިސާތައް ހިނގާފައިވޭ
މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯއްދެވުމަށް އެދިފައިވޭ
މުވާސަލާތީ ނިޒާމާއި، ދިޔަހިއްކާ ޕަންޕު ޗެކް ކުރަން އެދިފައިވޭ

ކަނޑުމަތީ އުޅަނދުތައް ގެއްލިގެން އެމްއެންޑީއެފްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރްސީސީ) އަށް ރިޕޯރޓްތައް ލިބެމުންދާ ކަމަށާއި، އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގައި ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ ކަނޑުގަދަވުމާ ގުޅިގެން އެމްއެންޑީއެފުން ބުނީ، ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ތަފާތު އެކި ނުރައްކާތެރި ހާދިސާތައް ހިނގަމުން އަންނަ ކަމަށާއި، އެގޮތުން ގިނަ އަދަދެއްގެ އުޅަނދު ފަހަރު ފަރަށް އެރުމާއި، އުޅަނދު ފަހަރު ދިޔަވެ އަޑިއަށް ދިއުމާއި، އަދި ނަގިލި ކަހާލައިގެން އުޅަނދު ފަހަރު ގެއްލުން ފަދަ ހާދިސާތަކުގެ ރިޕޯރޓްތައް ލިބެމުންދާ ކަމަށެވެ.

އެގޮތުން ކަނޑު ދަތުރުކުރާ އުޅަނދު ފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯއްދެވުމަށްފަހު ދަތުރުތައް ރޭވުމަށާއި، އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ނިޒާމާއި، ދިޔަހިއްކާ ޕަންޕު ފަދަތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށްވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

އެމްއެންޑީއެފުން އެހެން ބުނެފައިވާއިރު، ދާދި ފަހުންވެސް މޫސުން ގޯސްވުމުގެ ސަބަބުން ގއ.އަތޮޅު ރިސޯޓެއްގެ ފަޅުތެރޭގައި އަޅާފައި އޮތް ސަޕްލައި ދޯންޏެއް ގެއްލިގެން އެމްއެންޑީއެފުން ހަރަކާތްތެރިވެފައިވެއެވެ. އަދި އާދިއްތަ ދުވަހު ހެދުނު އެ އަތޮޅު ހިރުފުށި ކައިރިން އެ ދޯނި ވަނީ ފެނިފައެވެ.

އޭގެ އިތުރުންވެސް ތަފާތު ހާދިސާތައް ހިނގަމުން އަންނައިރު، ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުމަށް އެމްއެންޑީއެފް އިން ވަނީ އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް