Advertisement
ކ. މާލެ
|
9 އޯގަސްޓް 2019 | ހުކުރު 00:50
އދ. މަހިބަދޫގެ \"މާދަމާއަށް ފެހިކުރުން\" ޕްރޮގްރާމް ރަށު ސުކޫލްގެ ދަރިވަރުން ފަށައިދެނީ
އދ. މަހިބަދޫގެ "މާދަމާއަށް ފެހިކުރުން" ޕްރޮގްރާމް ރަށު ސުކޫލްގެ ދަރިވަރުން ފަށައިދެނީ
ައދ. މަހިބަދޫ
މަހިބަދޫ ފެހިކުރުމަށް "މާދަމާއަށް ފެހިކުރުން" ނަމުގައި ހާއްސަ ޕްރޮގްރާމެއް
މި ޕްރޮގްރާމްގެ ދަށުން ތިން މަސް ދުވަހުގެ ތެރޭގައި 1000 ރުށް ގަސް ރަށުގައި އިންދާނެ
މި ޕްރޮގްރާމަށް ބޭނުންވާ ގަސް ކާނާ ކައުންސިލްގެ ފަރާތުން ފޯރުކޮށްދޭނެ
މި ޕްރޮގްރާމް ފަށައިދީފައިވަނީ މަހިބަދޫ ސުކޫލްގެ ދަރިވަރުން

އދ. މަހިބަދޫ ކައުންސިލްގެ ފަރާތުން އެރަށުގައި ރުށްގަސް ގިނަކޮށް, އާލާކުރުމުގެގޮތުން "މާދަމާއަށް ފެހިކުރުން" މި ޝިޔާރުގެ ދަށުން ރުށްގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

މަހިބަދޫ ކައުންސިލްގެ ރައީސް އަހްމަދު ހަލީލް ވިދާޅުވީ މި ޕްރޮގްރާމްގެ ދަށުން ތިން މަސް ދުވަހުގެ ތެރޭގައި 1000 ރުށް، ގަސް ރަށުގައި އިންދާނެ ކަމަށެވެ. އަދި ހަލީލް ވަނީ މި ޕްރޮގްރާމަށް ބޭނުންވާ ގަސް ކާނާ ކައުންސިލްގެ ފަރާތުން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެފައެވެ.

Advertisement

ބުދަ ދުވަހު ފެށި މި ޕްރޮގްރާމް ފަށައިދީފައިވަނީ ރަށުގެ މުސްތަގްބަލްކަމަށްވާ މަހިބަދޫ ސުކޫލްގެ ދަރިވަރުންނެވެ.

މާދަމާއަށް ފެހިކުރުން ޕްރޮގްރާމްގައި ރަށުގައި ހުރި ސަރުކާރުގެ މުއައްސަސާތަކާ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުއައްޒަފުން ވެސް ބައިވެރިވެެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް