Advertisement
ކ. މާލެ
|
8 އޯގަސްޓް 2019 | ބުރާސްފަތި 22:19
ރައީސް ސޯލިހު މޮގްރެނީއާ އެކު ބޭއްވި ބައްދަލުކުރުމުގެ ތެރެއިން
ރައީސް ސޯލިހު މޮގްރެނީއާ އެކު ބޭއްވި ބައްދަލުކުރުމުގެ ތެރެއިން
ރައީސް އޮފީސް
ރައީސް ސޯލިހު
އީޔޫ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ރަނގަޅުކުރުމަށް ހަރުދަނާ ބިންގަލެއް އެޅިފައިވޭ: މޮގްރެނީ
އިންތިހާބު ގައި ހޯއްދެވި ކާމިޔާބީ އަށް ޝުކުރު އަދާކުރެއްވި
ގިނަ ކަންތައްތަކާއި ބެހޭ ގޮތުން މަޝްވަރާ ކޮށްފައިވޭ
ބައްދަލުކުރެއްވީ ބުރާސްފަތި ދުވަހު

ޔޫރަޕްގެ އިއްތިހާދާއި ރާއްޖެއާއި ދެމެދުގައި އޮތް ގުޅުން ރަނގަޅު ކުރުމަށް ހަރުދަނާ ބިންގަލެއް އެޅިފައިވާ ކަމަށް ޔޫރަޕިއަން ކޮމިޝަން ގެ ވައިސް ޕްރެސިޑެންޓް ފެޑެރިކާ މޮގްރެނީ ވިދާޅުވެއްޖެ އެވެ.

އެކަމަނާ އެހެން ވިދާޅުވީ، ބުރާސްފަތި ދުވަހު ހެނދުނު ރައީސް ސޯލިހުއާ އެކު ބޭއްވި ބައްދަލު ކުރެއްވުމުގަ އެވެ. މޮގްރެނީ ރާއްޖެ ވަޑައިގެންވެވި ކަމަށްޓަކައި ރައީސް ސޯލިހު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

Advertisement

އެ ބައްދަލު ކުރެއްވުމުގައި މޮގްރެނީ ވަނީ، ވޭތުވެދިޔަ ދުވަސްތަކުގައި ރާއްޖެއިން ޑިމޮކްރަސީގެ އުސޫލުތައް ކުރިއެރުވުމަށް ކުރަމުން ގެންދާ މަސައްކަތް ފާހަގަކުރައްވައި އޭގެ ސަބަބުން ޔޫރަޕްގެ އިއްތިހާދާއި ރާއްޖެއާއި ދެމެދުގައި އޮތް ގުޅުން ރަނގަޅު ކުރުމަށް ހަރުދަނާ ބިންގަލެއް އެޅިފައިވާކަން ފާހަގަ ކުރައްވައިފައެވެ.

ދެ ބޭފުޅުން ވަނީ އީޔޫއާ ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. ހާއްސަކޮށް ސަލާމަތީ ކަންކަމުގައާއި، ފަތުރުވެރިކަމުގަ އާއި، ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާ ފަދަ ދާއިރާތަކުން ގުޅުން ބަދަހި ކުރުމާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް