Advertisement
ކ. މާލެ
|
7 އޯގަސްޓް 2019 | ބުދަ 15:06
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
އޭސީސީ
އޭސީސީގެ މެމްބަރުކަމަށް 5 ބޭފުޅަކަށް މަޖިލީހުން ރުހުންދީފި
ފާސްކޮށްފައިވަނީ 69 މެމްބަރުންގެ ވޯޓުން
12 ނަމެއް ވަނީ ފޮނުވާފައި
ދެވަނަ އަށް އެންމެ ގިނަ މާކްސް ލިބުނު ޝަކީލްގެ ނަން ފާސް ނުވޭ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މެމްބަރުކަމަށް 5 ބޭފުޅަކަށް މަޖިލީހުން ރުހުންދީފި އެވެ.

Advertisement

މެމްބަރުކަމަށް އައްޔަންކުރުމަށް ރުހުންދިން ފަސް ބޭފުޅުންނަކީ:

  1. އިބްރާހިމް ޝަކީލް | ލިބިވަޑައިގެންނެވީ 69 ވޯޓު
  2. ފާތިމަތު އަނޫލާ | ލިބިވަޑައިގެންނެވީ 69 ވޯޓު
  3. މަރިޔަމް ޝިއުނާ | ލިބިވަޑައިގެންނެވީ 69 ވޯޓު
  4. އަލީ އަޝްރަފް | ލިބިވަޑައިގެންނެވީ 68 ވޯޓު
  5. އައިޝަތު އަބްދުﷲ | ލިބިވަޑައިގެންނެވީ 70 ވޯޓު

އޭސީސީގެ މެމްބަރު ކަމަށް 12 މީހަކު ކުރިމަތިލި އެވެ. އޭގެ ތެރޭގައި ކުރީގެ އޮޑިޓަރ ޖެނެރަލް އިބްރާހިމް ނިޔާޒް ވެސް ހިމެނިވަޑައިގަންނަވަ އެވެ. އެހެންނަމަވެސް އޭނާގެ ނަން ފާސްކޮށްފައެއް ނުވެއެވެ. ދެ ވަނަ އަށް އެންމެ ގިނައިން މާކްސް ލިބުނު އާދަމް ޝާމިލްގެ ނަމަށް ވޯޓަށް އެހިނަމަވެސް އެ ނަންވެސް ފާސްކުރުމަށް ބޭނުންވާ އަދަދަށް ވޯޓު ލިބިފައެއް ނުވެ އެވެ.

ޖުމްލަ 7 ނަމަކަށް ވޯޓަށް އެހިއިރު، އޭގެތެރެއިން ފާސްވުމަށް ބޭނުންވާ އަދަދަށް ވޯޓު ނުލިބެނީ ނިޔާޒާއި، ޝާމިލްގެ ނަމަށް އެކަނި އެވެ. 5 ނަން މަޖިލީހުން ފާސްވުމާއެކު 12 ނަމުގެ ތެރެއިން ބާކީ ނަންތަކަށް ވޯޓަށް އަހާފައެއް ނުވެ އެވެ.

އޭސީސީ އަށް މެމްބަރުން އައްޔަންކުރުމަށް މިނިވަން މުއައްސަސާތަކުން އެކުލަވައިލި ރިޕޯޓް މަޖިލީހަށް ހުށައަޅަމުން އެ ކޮމިޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ، އޭސީސީގެ މެމްބަރުންނަށް މާކްސް ދީފައި ވަނީ ހަތަރު ބަޔަކަށް ބަހާލައިގެން ކަމަށެވެ. އެއީ، ތައުލީމާ ތަމްރީނަށް 25 ޕަސެންޓް، މަސައްކަތުގެ ތަޖުރިބާ އަށް 25 ޕަސެންޓް، އަދި އިންޓަވިއު އަށް 25 ޕަސެންޓްގެ އިތުރުން ނަޒާހަތްތެރިކަމަށް 25 ޕަސެންޓް އެވެ.

ތައުލީމު ފެންވަރު ބަލާފައިވަނީ ކުރިމަތިލާފައިވާ މަގާމާއި، ހާސިލް ކޮށްފައިވާ ތައުލީމަށެވެ. ރޮޒައިނާ ވިދާޅުވީ، ކުރިމަތިލި ކެނޑިޑޭޓުންގެ ނަޒާހަތްތެރިކަން ބަލާފައިވަނީ ކުރެވުނު ސުވާލުތަކުގެ އިތުރުން އެ ބޭފުޅުންގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި ކޮށްފައި ހުރި ޕޯސްޓްތައް ބެލުމަށް ފަހު ކަމަށެވެ. އާއްމު ރައްޔިތުން އެކި ބޭފުޅުންނާއި ބެހޭ ގޮތުން ކޮމިޓީ އަށް ފޮނުވާފައިވާ ސިޓީތައް ވެސް ބަލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
7 އޯގަސްޓް 2019 | ބުދަ 15:37
ގާއްޓެ
މެޖޯރިޓީ އަންހެނުންގެ ކޮމިޝަނެއް. ވަރަށް އުފާވެއްޖެ.