Advertisement
ކ. މާލެ
|
7 އޯގަސްޓް 2019 | ބުދަ 08:27
ޝުޝްމާ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ސޯލިހުއާ އެކު
ޝުޝްމާ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ސޯލިހުއާ އެކު
ރައީސް އޮފީސް
އިންޑިއާ - ދިވެހިރާއްޖެ
ޝުޝްމާ އަކީ ރާއްޖެއާ ގާތްގުޅުމެއް ބޭއްވި އެކުވެރިއެއް: ރައީސް
އަވަހާރަވީ އުމުރުން 67 އަހަރުފުޅުގައި
ތައުޒިއާގެ މެސެޖް ވަނީ ފޮނުއްވާފަ
އެއީ އިންޑިއާގެ އަސްލު ''ދަރިއެއް''

އިންޑިއާގެ ކުރީގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޝުޝްމާ ސްވަރާޖް އަވަހާރަވުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިޔާގެ މެސެޖް ފޮނުއްވައިފި އެވެ.

ދިއްލީގެ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސް (އޭއައިއައިއެމްއެސް) ގައި ހާޓް އެޓޭކެއް ޖެހިވަޑައިގެން އެކަމަނާ އަވަހާރަވީ އުމުރުފުޅުން 67 އަހަރުގައި އަންގާރަ ދުވަހުގެރޭގެ ވަގުތެއްގައެވެ.

Advertisement

ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޝުޝްމާ އަވަހާރަ ވުމުން އެކަމާއި ހިތާމަކުރައްވާ ކަމަށެވެ.

އެކަމަނާގެ އާއިލާގެ އިތުރުން އިންޑިއާގެ ބޮޑު ވަޒީރަށް ތައުޒިޔާގެ މެސެޖް ރައީސް ވަނީ ފޮނުއްވާފަ އެވެ. އަދި ޝުޝްމާއަކީ ރާއްޖޭގެ ގާތް އެކުވެރިއެއްގެ ގޮތުގައި ސިފަކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ، އެކަމަނާ އަކީ އިންޑިއާގެ އަސްލު ''ދަރިއެއް'' ކަމަށާއި، އެކަމަނާގެ މަސައްކަތް އަބަދު ވެސް ހަނދުމަފުޅު ހުންނާނެ ކަމަށެވެ.

އުމުރުފުޅުން 25 އަހަރުގައި ސިޔާސީ ދާއިރާ އަށް ނިކުމެވަޑައިގަތް ޝުޝްމާގެ ވަޒީރުކަމުގެ ދައުރުގައި އެކަމަނާ ވަނީ ރާއްޖޭގެ ސިޔާސީ މަޝްރަހު ހަމަޔަކަށް އެޅުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ. އެގޮތުން ރާއްޖޭގެ ސިޔާސީ މަޝްރަހު އެންމެ ހަލަބޮލިވި ވަގުތުތަކުގައިވެސް ރާއްޖެ ވަޑައިގެން ކަންކަން އިސްލާހްކުރެއްވުމަށް އެކަމަނާ މަސައްކަތް ކުރައްވާފައިވެއެވެ.

ޝުޝްމާ އަވަހާރަވުމާއި ގުޅިގެން އިންޑިއާގެ އިތުރުން ދުނިޔޭގެ އެކިކަންކޮޅު ތަކުގެ ލީޑަރުން ދަނީ ތައުޒިޔާގެ މެސެޖްތައް ފޮނުވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް