Advertisement
ކ. މާލެ
|
6 އޯގަސްޓް 2019 | އަންގާރަ 21:22
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ރާއްޖެއެމްވީ
ރައްޔިތުންގެ މަޖިލިސް
ފިނޭންސް މިނިސްޓަރު އަމީރު މަޖިލީހަށް ހާޒިރުކުރަނީ
އަމީރު މަޖިލީހަށް ހާޒިރުކޮށްދިނުމަށް ހުށަހެޅުއްވީ މެމްބަރު ޖާބިރު
އަމީރަށް މިހާރު ވަނީ ނޯޓިސް ފޮނުވާފައި

ފިނޭންސް މިނިސްޓްރީގެ މަސައްކަތްތަކާއި، ހިންގާފައިވާ މަޝްރޫއުތަކާ ބެހޭ ގޮތުން ސުވާލުކުރުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްދިނުމަށް ހުށަހަޅައިފިއެވެ.

އަމީރު މަޖިލީހަށް ހާޒިރުކޮށްދިނުމަށް ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ.

މެމްބަރު ޖާބިރު މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ސަރުކާރުން މިހާތަނަށް ނިންމާފައިވަނީ ކިތައް މަޝްރޫއުތޯ އާއި އެ މަޝްރޫއުތަކުގެ ތެރެއިން ފައިސާ ދައްކައި ނިންމާފައިވަނީ ކިތައް މަޝްރޫއުތޯ ސާފުކުރެއްވުމަށް ކަމަށް ބޭނުންވާ ކަމަށެވެ. އަދި މިކަންކަމާ ބެހޭ ގޮތުން ސުވާލުކުރުމަށް މިނިސްޓަރު އަމީރު ހާޒިރުކޮށްދިނުމަށް ވަނީ އެދިފައެވެ.

Advertisement

އެގޮތުން މިނިސްޓަރު އަމީރަށް މަޖިލީހަށް ހާޒިރުވުމަށް މިހާރު ވަނީ ނޯޓިސް ފޮނުވާފައެވެ.

މީގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ބުދަ ދުވަހު މަޖިލީހަށް ހާޒިރުކުރުމަށް އެޖެންޑާ ކޮށްފައިވާއިރު ގިނަ މިނިސްޓަރުން މަޖިލީހަށް ހާޒިރުކޮށް ވަނީ ސުވާލުކޮށްފަ އެވެ. އެގޮތުން މިހަފްތާގެ ހޯމަ ދުވަހު ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާ ސުވާލު ކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް