Advertisement
ކ. މާލެ
|
6 އޯގަސްޓް 2019 | އަންގާރަ 18:06
ސާރވިސް ޗާޖް އެއް ހަމައަކުން ނުދޭތީ، އެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުން އަންނަނީ ހިތްހަމަނުޖެހުން ފާޅުކުރަމުން
ސާރވިސް ޗާޖް އެއް ހަމައަކުން ނުދޭތީ، އެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުން އަންނަނީ ހިތްހަމަނުޖެހުން ފާޅުކުރަމުން
ގޫގުލް
މަޖިލިސް 2019
ރިސޯޓްތަކުގައި ސާރވިސް ޗާޖް 10 ޕަސެންޓް ނަގަން ގާނޫނަށް އިސްލާހު ގެންނަން ފާސްކޮށްފި
ގާނޫނަށް އެފަދަ އިސްލާހެއް ގެނައުމަށް 75 މެމްބަރުން ވަނީ ތާއީދްކުރައްވާފައި
އިގްތިސާދީ ކޮމިޓީއަށް އެ މައްސަލަ ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު

ރިސޯޓް ތަކުގައި ސާރވިސް ޗާޖްގެ ގޮތުގައި އެންމެ މަދުވެގެން ނެގޭނެ މިންވަރަކީ 10 އިންސައްތަ ކަމަށް ކަނޑައަޅައި ,ގާނޫނަށް އެފަދަ އިސްލާހެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރިސޯޓްތަކުގައި އެއް ހަމައަކުން ސާރވިސް ޗާޖް ދެމުން ނާންނާތީވެ ، އެހެނިހެން މައްސަލަތަކުގެ ތެރެއިން އިގްތިސާދީ ކޮމިޓީއަށް އެ މައްސަލަ ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު( ބޮންޑެ) އެވެ. މި މައްސަލަ ކޮމިޓީއަށް ހުށަހެޅުން ކޮމިޓީން ވަނީ، މި މައްސަލަ ދިރާސާ ކުރުމަށް ކޮމިޓީގެ ސަބް ކޮމިޓީއެއް އެކުލަވާލާފައެވެ. ކޮމިޓީން ވަނީ މީރާ އާއި ކަމާއި ގުޅުން ހުރި ދާއިރާތަކުގެ ބޭފުޅުންނާއި, ބައްދަލުކޮށް މަޝްވަރާ ކޮށްފައެވެ.

މި މައްސަލަ ދިރާސާ ކުރުމަށް ފަހު ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓް ވަނީ އަންގަރާދުވަހުގެ މަޖިލީހުގެ ޖަލްސާއަށް ހުށަހަޅާފައެވެ. ކޮމިޓީގެ ރިޕޯޓް މަޖިލީހަށް ހުށަހަޅާފައިވަނީ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)އެވެ.

ކޮމިޓީގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވަމުން މުހައްމަދު ރަޝީދު ހުސެއިން ވިދާޅުވީ ހުރިހާ ރިސޯޓްތަކުން އެއް ހަމައަކުން އަމަލުކުރުމަށް ބާރުއެޅުމުގެ ގޮތުން ރިސޯޓްތަކުން ސާރވިސް ޗާޖް ނެގުން ލާޒިމް ކުރުމަށް ކޮމިޓީއަށް ފެންނަ ކަމަށް ނިންމާފައިވާ ކަމަށެވެ. އަދި ސާރވިސް ޗާޖްގެ ގޮތުގައި އެންމެ މަދުވެގެން ނެގޭނެ މިންވަރަކީ 10 އިން ސައްތަ ކަމަށް ކަނޑައެޅުމަށް، ގާނޫނަށް އެފަދަ އިސްލާހެއް ގެނައުމަށް ކޮމިޓީން ނިންމި ކަމަށެވެ. މީގެ އިތުރުން ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒިފުންނަށް ގަވާއިދުން ސާރވިސް ޗާޖް ނުދޭ މައްސަލަ ބަލައި އެ ފަރާތްތަކަށް ސާރވިސް ޗާޖް ދިނުމުގައި ގެންގުޅޭ އުސޫލް ދިރާސާ ކުރުމަށްވެސް ނިންމާފައިވާ ކަމަށެވެ.

Advertisement

ސާރވިސް ޗާޖްގެ ގޮތުގައި އެންމެ މަދުވެގެން ނެގޭނެ މިންވަރަކީ 10 އިން ސައްތަ ކަމަށް ކަނޑައެޅުމަށް، ގާނޫނަށް އެފަދަ އިސްލާހެއް ގެނައުމަށް، ފެންނަ ކަމަށް 75 މެމްބަރުން ވަނީ ތާއީދްކުރައްވާފައެވެ.

ރިސޯޓްތަކުގައި ގަވާއިދުން ސާރވިސް ޗާޖް ދެމުން ނުގެންދާތީވެ، އެ ދާއިރާގައި މަސައްކަތް ކުރައްވާ ގިނަ މުވައްޒަފުން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
8 އޯގަސްޓް 2019 | ބުރާސްފަތި 19:40
ހަބީބު.
އަދިމުޅިން ރަނގަޅު ގޮތަކައްނޫން އިސްލާހު ތިޔަގެނައީ ބޭރު ކުންފުނިތަކުން ބޭރުގެ އެޖެންސީ މެދުވެރިކޮއް ބޭރުގެ އެކައުންޓް ތަކައް މިކޮޅުގެ ރޫމްރޭޓު ތަކައްވާ ފައިސާ ޖަމާކޮއްފަ ރިސޯޓު ޑެއިލީގަ އިންނަނީ ކޮންޕްލިމަންޓްރީ ޖަހާފަ މާނަޔަކީ ސޭލްސް އެޖެންޓެއްވިޔަސް ރޫމްބޯއީ ބަލާ ރޫމެއްގަ ހުންނަކަމައްވާނަމަ އެރޫމެއް ވިއްކާ އަގުގެ %10 ސާވިސްޗާޖައް ދައްކަން ޖެހޭނޭ މީވައްކަން ކުރުން ހުއްޓުވުން ވީމާ މެންބަރުން މިކަމައް ގޮތެއް ނިންމައިދިނުން އެދެން
6 އޯގަސްޓް 2019 | އަންގާރަ 21:13
އަހުމަދު
ވަރަން ރަގަލު
6 އޯގަސްޓް 2019 | އަންގާރަ 20:43
ޢަލީ
ސަރވިސް ޗާޖުގެ ގޮތުގައި ދެވޭ ހިދުމަތަކުން %10 ނެގިޔަސް، އެ ނެގި ފައިސާއެއްގެ %99 މުވައްޒަފުންގެ މެދުގައި ހަމަހަމައަށް ނުބަހާނަމަ މުވައްޒަފުންނަށް އޮތީ ކޮން ފައިދާއެއް. މުވައްޒަފުންގެ މިހާރުގެ ޝަކުވާއަކީ ސަރވިސް ޗާޖު ނުނަގާ ކަމުގެ ޝަކުވާއެއް ނޫން. މުވައްޒަފުންގެ ޝަކުވާއަކީ ސަރވިސް ޗާޖުގެ ގޮތުގައި ލިބޭ ފައިސާގެ %99 ނުބަހާކަމުގެ ޝަކުވާ. އެ ޝަކުވާއަށް ހައްލެއް އަންނާނީ ޤާނޫނުގައި ބުނާ ގޮތަށް ސަރވިސް ޗާޖު ބަހައިތޯ ސަރުކާރުގެ އިދާރާއަކުން ބަލައިގެން.
6 އޯގަސްޓް 2019 | އަންގާރަ 18:39
މިހާދު
މިހާރުވެސް ނަގައޭ..%10ނަގާފައި މުވައްޒަފުންނަށް %4 ބަަހަނީ..