Advertisement
ކ. މާލެ
|
4 އޯގަސްޓް 2019 | އާދީއްތަ 23:18
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް
ރާއްޖެ އެމްވީ
ކްރިމިނަލް ކޯޓު
އަޅުގަނޑުގެ މައްސަލައެއް ބަލާކަން ޖޭއެސްސީއިން އަންގާފައެއް ނެތް:ހައިލަމް
ސިޔާސީ ނުފޫޒު އޮތްކަމަކަށް ގަބޫލެއް ނުކުރެވޭ

ޖުޑީޝަލް ސަރވިސް ކޮމިޝަނުން، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމްގެ މައްސަލައެއް ބަލަމުންދާކަން އަންގާފައި ނުވާކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރެވޭ މަނީ ލޯންޑަރިން ދައުވާގެ ޝަރީއަތުގައި އެމަނިކުފާނުގެ ވަކީލަކު ވަނީ ޖޭއެސްސީއިން ގާޒީ ހައިލަމްގެ މައްސަލައެއް ބައްލަވާ ކަމަށް ބުނެފައިވާ މައްސަލައިގައި ނުކުމެދާނެ ކަންތައްތަކެއް އެބަހުރި ކަމަށާއި އިސް ގާޒީގެ މައްސަލައެއް ބަލަމުންދާ ކަމަށް ޖޭއެސްސީއިން ނޫސްބަޔާން ނެރެފައި އޮތްކަމަށް ވިދާޅުވެފައެވެ. ޖޭއެސްސީއަކީ ގާޒީ ހައިލަމް ސަސްޕެންޑް ކުރުމުގެ ބާރު އޮތް ތަނަކަށް ވުމުން އެކަމުގައި ސިޔާސީ ނުފޫޒު އެމައްސަލައަށް ވަދެދާނެކަމަށް ގަބޫލު ކުރެއްވޭކަމަށެވެ.

Advertisement

ޖަވާބުގައި އިސް ގާޒީ ހައިލަމް ވިދާޅުވީ އޭނާގެ މައްސަލައެއް ބަލަމުން ދާކަން ޖޭއެސްސީއިން އަންގާފައި ނުވާ ކަމަށެވެ. އަދި ޖޭއެސްސީއިން އޭނާގެ މައްސަލަ ބެލިކަމުގައި ވިއަސް އެއީ އެ މައްސަލައަށް އަސަރު ފޯރާނެކަމެއް ކަމަށް ގަބޫލު ނުކުރެއްވޭކަމަށާއި އެފަދަ ނުފޫޒެއް އޮތްކަމަކަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.

އަޅުގަނޑަށް ޖުޑީޝަލް ސަރވިސް ކޮމިޝަނަކުން އަންގާފައެއް ނެތް މައްސަލައެއް ބަލަމުންދާކަމަކަށް. މައްސަލައެއް ބެލުމަކީ އޭގެ ޒާތުން މި މައްސަލައަށް އަސަރެއް ފޯރާނެ މި މައްސަލައަށް ނުފޫޒެއް ފޯރާނެކަމަށް ގަބޫލު ކުރަންޖެހޭ ސަބަބެއްވެސް ނޫން. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. އެގޮތަށް ގަބޫލު ކުރެވިގެން މިއަދު މައްސަލައިން ތަނާޒުލްވާން ޖެހޭ ކަމަށް ވަނީނަމަ މާދަމާ މި މައްސަލަ ބައްލަވަން ހަވާލު ކުރެވޭ ނުވަތަ އައްޔަން ކުރެވޭ ނުވަތަ އެހެން ގާޒީއަކަށް ވެސް ހަމަ ތިޔަ ވިދާޅުވާ ނުފޫޒު އޮންނާނެ ނޫންތޯ. އަޅުގަނޑަކަށް އަމިއްލަ ނަފްސަކަށް ގަބޫލެއް ނުކުރެވޭ އެފަދަ ނުފޫޒެއް އޮތްކަމަކަށް. އަދި މައްސަލަ ބެލުމަކީ ވެސް މި މައްސަލައިގެ ވަކި ނުފޫޒެއް ފޯރުވައިގެން މި މައްސަލައިގެ އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅިދާނެކަމަކަށް.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް

އިސްގާޒީ ހައިލަމްގެ މައްސަލައެއް ބެލުމަށް ނިންމާފައިވާކަން ޖޭއެސްސީއިން ހާމަ ކޮށްފައިވަނީ ޖުލައި މަހުގެ 31 ގައެވެ.

މައްސަލައެއް ބަލަމުންދާކަން އަންގާފައި ނުވާކަމަށް ހައިލަމް ވިދާޅުވުމާއި ގުޅިގެން ޖޭއެސްސީގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.

ކްރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކާ ދިގުލައިގެންދާ ކަމުގެ ޝަކުވާ ޖޭއެސްސީއަށް ހުށަހަޅަމުންދާތީ އެ ކޮމިޝަންގެ ތިން މެންބަރުންގެ ކޮމިޓީއަކުން ދިރާސާކޮށް އެކުލަވައިލި ރިޕޯޓުގައި ބުނެފައިވާ ގޮތުން އެގޮތުން ކޯޓުގެ އިސްގާޒީ މައްސަލަތައް މޮނިޓަރ ނުކުރުމާއި އިސްގާޒީ މައްސަލަތައް އަވަސް ކުރުމަށް މަސައްކަތް ކޮށްފައި ނުވާކަން ވަނީ ފާހަގަކޮށްފައެވެ. އަދި މައްސަލަތައް ގާޒީންނާއި ހަވާލުކުރުމުގައި ހަމަހަމަ ކަމެއް ނެތްކަމަށާއި މައްސަލަތައް ބަހަނީ ލިބޭ ތަރުތީބުން ކަމަށް ކޯޓުގެ ރެޖިސްޓްރާ އެކޮމިޓީއަށް ވިދާޅުވި ނަމަވެސް މައްސަލަތައް ބެހުމުގައި ހަރުދަނާ އުސޫލެއް ނެތި ބައެއް ގާޒީންނަށް ބުރަ ބޮޑުވާ ގޮތައް އެކަށީގެންވާ އަދަދަށް ވުރެ ގިނަކަން ފާހަގަ ކޮށްފައި ވެއެވެ. އެގޮތުން އެކޯޓަށް މިއަހަރު 250 މައްސަލަ ހުށައެޅިފައިވާއިރު އިސްގާޒީ އާއި ހަވާލު ކޮށްފައިވަނީ ހަ މައްސަލަ ކަމަށާއި ދެން ތިއްބެވި ފަނޑިޔާރުންނަށް އެވްރެޖް ކޮށް 31 މައްސަލަ ހަވާލު ކޮށްފައިވާކަމަށް ވެސް ރިޕޯޓުގައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
5 އޯގަސްޓް 2019 | ހޯމަ 07:30
ޙަބީބު
އަދީބުގެ ބަންދަން ކޮންމެހެން މާލެ ގެންނާކައް ނުޖެހޭ ކުޅުދުއްފުށީ ކޯޓައް ހާޒިރުކޮއް އަމުރު ހޯދާފަ ކޭލަކުނުގަ ބަނދެފަ ބެހެއްޓީމަ ނިމުނީ