ދިވެހިރާއްޖެއަށް އެތެރެވެ އަދި ބޭރުވުމަށް ބޭނުންކުރާ ދޮރާށިތަކަކީ ސަލާމަތީގޮތުން ރައްކާތެރި ތަންތަނަށް ހެދުމަށްޓަކައި، ޕާސްޕޯޓް ފަދަ ޑޮކިއުމެންޓްތަކުގެ ސައްހަކަން ދެނެގަތުމަށް އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި ޑޮކިއުމެންޓް އެގްޒަމިނޭޝަން ލެބެއް މޯލްޑިވްސް އިމިގްރޭޝަން އެންޑް އިމިގްރޭޝަނުން ގާއިމްކޮށްފިއެވެ.
އާދިއްތަ ދުވަހު އެކަމަށް ހާއްސަކޮށްގެން ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ލެބް އިފްތިތާހު ކޮށްދެއްވީ އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގް(ސޯބެ)އެވެ. މި ރަސްމިއްޔާތުގައި އިމްގްރޭޝަން ކޮންޓްރޯލަރ މުހައްމަދު އަހުމަދު ހުސެއިން(ހަނަފީ) ވެސް ބައިވެރިވެވަޑައިގަތެވެ.
މި ފަދަ ލެބެއް ގާއިމް ކުރުމުމުގެ މަގުސަދަކީ ޕާސްޕޯޓް ފަދަ ޝަހުސު އަންގައިދޭ އަދި ސަލާމަތީ ރައްކާތެރިކަމާއި ގުޅުންހުރު ލިޔެކިޔުންތައް ތަހުލީލްކޮށް، އެތަކެތި ބޭނުންކުރަނީ ސައްހަ ގޮތުގައިތޯ ޔަގީންކުރުމުގައި ޒަމާނީ ޓެކްނޮލޮޖީގެ ބޭނުންކުރުން ކަމުގައި އިމިގްރޭޝަނުން ބުނެއެވެ.
މި ޑޮކިއުމެންޓް އެގްޒަމިނޭޝަން ލެބަކީ އިމިގްރޭޝަނުން ގާއިމްކުރި މިފަދަ ދެވަނަ ލެބެވެ. މި ފަދަ ފުރަތަމަ ލެބެއް ގާއިމުކޮށްފައިވަނީ 2015 ވަނަ އަހަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައެވެ. މި ލެބްތަކުގައި ބޭނުންކުރާ އެންމެ މުހިއްމު އާލާތް ކަމުގައިވާ "ޑޮކިއުމެންޓް ވެރިފަޔާ" އަކީ އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯރ މައިގްރޭޝަނުން ހަދިޔާކޮށްފައިވާ އެއްޗެއް ކަމުގައި އިމިގްރޭޝަނުން ބުނެއެވެ.