Advertisement
ކ. މާލެ
|
4 އޯގަސްޓް 2019 | އާދީއްތަ 14:58
ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް
ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް
މުހައްމަދު ޝަރުހާން
އަހުމަދު އަދީބް
އަދީބް އަދިވެސް ރާއްޖެއެއް ނުގެނެވޭ: ފުލުހުން
ގެނެވޭނެ ވަކި އިރެއް ފުލުހުން ނުުބުނޭ
އިންޑިއާ އަށް އެތެރެވާން މަސައްކަތް ކުރެއްވީ ބުރާސްފަތި ދުވަހު
އިންޑިއާ އިން ސިޔާސީ ހިމާޔަތް ހޯއްދަވަން މަސައްކަތް ކުރެއްވި

ޓަގު ބޯޓެއްގައި ރާއްޖެއިން ފިއްލަވައިގެން އިންޑިއާއަށް އެތެރެވާން އުޅެނިކޮށް ހައްޔަރުކުރެވުނު ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު އަދިވެސް ރާއްޖެ ނުގެނެވޭ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަދީބް ރާއްޖެ ނުގެނެވޭކަމަށާއި އަދިވެސް އަންނަނީ ދަތުރުކުރަމުން ކަމަށެވެ. ނަމަވެސް އަދީބް ރާއްޖެ ގެނެވޭނެ ވަކިއިރެއް ފުލުހުން ހާމައެއް ނުކުރެއެވެ.

އަދީބު އިންޑިއާއަށް އެތެރެވާން މަސައްކަތްކުރެއްވީ ބުރާސްފަތި ދުވަހުގައެވެ. އަދީބު ތަމްސީލްކުރައްވާ އިނގިރޭސިވިލާތުގެ ވަކީލުންގެ ޓީމުން ވިދާޅުވެފައިވާ ގޮތުން އެމަނިކުފާނު އިންޑިއާއަށް އެތެރެވާން އުޅުއްވީ އެ ގައުމުން ސިޔާސީ ހިމާޔަތް ހޯއްދެއްވުމަށެވެ. އެކަމަކު އިންޑިއާ އިން ވަނީ އެމަނިކުފާނަށް ސިޔާސީ ހިމާޔަތް ނުދެއްވަން ނިންމައި، ހޮނިހިރު ދުވަހު ރާއްޖޭގެ ފުލުހުންނާ ހަވާލުކޮށްފައެވެ.

އަދީބު ރާއްޖެ ގެނެވިފައިވާއިރު ފުލުހުން ވަނީ ހޮނިހިރު ދުވަހުގެ ރޭ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ބަލާ ފާސްކޮށްފައެވެ. ފުލުހުން އެކަމާއި ބެހޭ ގޮތުން އިތުރު މައުލޫމާތެއް ހިއްސާ ކޮށްފައި ނުވިޔަސް، އެ ގެ ބަލާ ފާސްކޮށްފައިވަނީ އަދީބް ފިއްލަވައިގެން ވަޑައިގެންނެވި މައްސަލާގެ ހެއްކާ ގަރީނާ ހޯދުމަށް ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

Advertisement

އެޑިޓަރުގެ ނޯޓް:އަދީބް ރާއްޖެ ގެނެސް ދޫނިދޫ ޖަލުގައި ހުންނެވިކަމަށް ހަބަރު ޝާއިރުކުރީ އިތުބާރުހުރި މަސްދަރަކުން އެގޮތަށް މައުލޫމާތުދެއްވުމުންނެވެ. ނަމަވެސް އެފަރާތުން ފަހުން ވަނީ އެއީ މައުލޫމާތު ކުށެއް ކަމަށާއި، މާލެ އާދެވިފައިވަނީ އަދީބް ރާއްޖެ ގެނައުމުގައި ހަރަކާތްތެރިވި އެހެން ޓީމަކަށް ކަމަށް މައުލޫމާތުދީފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
4 އޯގަސްޓް 2019 | އާދީއްތަ 14:19
މުޙައްމަދު
އޭނާ ޤަވާއިދާ ޚިލާފަށް ފިލައިގެން ދަތުރު ކުރީމައި ، އަދި ދިވެހި ރައްޔިތުންގެ އެތައް މަސްލަހަތަކާއި ގުޅުން ހުރެ ވަގަށް އެހެން ގައުމަކަށް ގަސްދުގައި ފިލައިގެން ދިޔައީމައި ،
4 އޯގަސްޓް 2019 | އާދީއްތަ 13:16
ޖޭމްސް
އަދީބު ދޫނިދޫގައި ބެހެއްޓެނީ ކޮން ހައިސިއްޔަތަކުންތޯ؟ އޭނާއަކީ ކޯޓުތަކުން މިނިވަން ކޮށްފައި ހުރި މީހެއް.. އޭނާ އިންޑިއާއަށް ވަގަށް ވަދެފައި ނުވާކަމަށް އިންޑިޔާ އިން އެބަ ބުނޭ.. އެހެންކަމުން، އޭނާ ކުރީ ކޮން ކުށެއްތޯ؟