Advertisement
ކ. މާލެ
|
3 އޯގަސްޓް 2019 | ހޮނިހިރު 18:55
ގިނައަދަދެއްގެ ގަސްތައް ބިންމައްޗަށް ވެއްޓުމުގެ ސަބަބުން ބެހާއީ ސިޓީގައި ވަނީ އެއްގަމުގެ ދަތުރުފަތުރަށް ބުރޫއަރާފަ
ގިނައަދަދެއްގެ ގަސްތައް ބިންމައްޗަށް ވެއްޓުމުގެ ސަބަބުން ބެހާއީ ސިޓީގައި ވަނީ އެއްގަމުގެ ދަތުރުފަތުރަށް ބުރޫއަރާފަ
އަލްޖަޒީރާ
ޗައިނާ
ޗައިނާގެ ހުޅަނގު ދެކުނުގެ ހިސާބުތަކަށް މިހާރު ކުރަމުންދާ"ވިފާ" ތޫފާން ގެ ވިއްސާރައިގައި ޗައިނާގެ ގިނަ ޕްރޮވިންސް ތަކުގައި ފެންބޮޑުވެއްޖެ
ވިއްސާރައިގެ އަސަރު އެންމެ ފުރަތަމަ ކޮށްފައިވަނީ ލެއިޖީ އަށް ބުރާސްފަތި ދުވަހު އަދި ހޮނިހިރު ދުވަހު މި ވިސްސާރައިގެ އަސަރުވަނީ ވިއެޓްނާމްގެ އުތުރުގެ ހިސާބުތަކަށް ކުރަންފަށާފަ
ތޫފާނުގައި ގަޑިއަކު 70 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހޭއިރު، ކުރިއަށް ގަޑިތަކުގައި ވައިގެ ބާރުދައްވާނެކަމަށް ލަފާކުރެވޭ

ޗައިނާގެ ހުޅަނގު ދެކުނުގެ ހިސާބުތަކަށް މިހާރު ކުރަމުންދާ ތޫފާން "ވިފާ"ގެ ވިއްސާރައިގައި ޗައިނާގެ ހުޅަނގު ދެކުނު ޕްރޮވިންސްގެ ހިސާބުތައް ކަމަށްވާ ގުއާންގްދޮން ، ހައިނާން އަދި ގުއާންގްޖީގައި ފެންބޮޑުވެއްޖެއެވެ.

މި ވިއްސާރައިގެ އަސަރު އެންމެ ފުރަތަމަ ކޮށްފައިވަނީ ލެއިޖީ އަށް ބުރާސްފަތި ދުވަހު އަދި ހޮނިހިރު ދުވަހު މި ވިސްސާރައިގެ އަސަރުވަނީ ވިއެޓްނާމްގެ އުތުރުގެ ހިސާބުތަކަށް ކުރަންފަށާފައެވެ.

މި ވިއްސާއިރައިގެ ސަބަބުން ޗަކަފައިބަފާނެ ކަމުގެ ބިރު އޮތް ހިސާބުތަކުގެ ތެރޭގައި ޗައިނާގެ އުތުރު އަވަށްތަކާއި ވިއެޓްނާމްގެ އުތުރުއަވަށްތަކާއި ލާއޮސްގެ އުތުރު އަވަށްތައް ހިމެނެއެވެ.

"ވިފާ" ތޫފާނުގެ އަސަރު މިހާރު ކުޑަވެފައިވާ ކަމަށާއި މިހާރު ތޫފާނުގެ މިސްރާބު ހުރީ އިރުއުތުރުން ހަނޯއީއާއި 75 ކިލޯމީޓަރުގެ ދުރަށެވެ.

Advertisement

މި ތޫފާނުގައި ގަޑިއަކު 70 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހޭއިރު، ކުރިއަށް ގަޑިތަކުގައި ވައިގެ ބާރުދައްވާނެ ކަމަށް ލަފާކުރެވެއެވެ. ނަމަވެސް ބޯކޮށް ވާރޭވެހޭނެ ކަމަށާއި ފެންބޮޑުވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

ހުކުރުދުވަހު ޖެހުނު ބާރުވައިގެ ސަބަބުން ކަރަންޓް ދިނުމަށް ބޭނުންކުރާ ކޭބަލްތައް ބުރިވުމުގެ އިތުރުން ގިނައަދަދެއްގެ ގަސްތައް ބިންމައްޗަށް ވެސްޓުމުގެ ސަބަބުން ބެހާއީ ސިޓީގައި ވަނީ އެއްގަމުގެ ދަތުރުފަތުރަށް ބުރޫއަރާފައެވެ.

އާދިއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި "ވިފާ" ތޫފާނުގެ އަސަރު އިރުމަތީ ވިއެޓްނާމްގެ ލާއޮސްއަށް ކުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް