ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ގަފޫރު މިހާރު ވަނީ ހައްޔަރު ކުރެވިފަ ކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އިން ބުނެފިއެވެ.
ހޮނިހިރު ދުވަހު ހަވީރު ފުލުހުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ހ. ސާމަރާގޭ އަހްމަދު އަދީބު އަބްދުލް ގަފޫރު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި އަދީބު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން ދާކަމުގައެވެ.
އަދީބު ރާއްޖެއިން ފިލައިގެން ޓަގް ބޯޓެއްގައި އިންޑިއާއަށް ގޮސް އިންޑިއާ ސަރުކާރުގެ ސިޔާސީ ހިމާޔަތަށް އެދުމުން އެ ގައުމުގެ ސަރުކާރުން ވަނީ އިންޑިއާއަށް އެރުމުގެ ހުއްދަ ނުދީ އަނބުރާ ފޮނުވާލާފައެވެ. އަދި އަދީބު ފިލި ގޮތުގެ ތަހުގީގުކުރިއަށް ގެންދިޔުމަށް އޭނާ ދަތުރުކުރި ޓަގްބޯޓުގެ ފަޅުވެރިން ވެސް އިންޑިއާއިން ވަނީ އަނބުރާ ފޮނުވާލާފައެވެ. އަދީބުއާ އެކު ދަތުރު ކޮށްފައިވަނީ އިންޑޮނޭޝިއާގެ އަށް މީހަކާއި އިންޑިއާ މީހެކެވެ.