Advertisement
ކ. މާލެ
|
3 އޯގަސްޓް 2019 | ހޮނިހިރު 16:53
އީދު ފާހަގަ ކުރުމުގެ ގޮތުން ކުރިޔަށް ގެންދާ ކޯޑި ނެގުމުގެ ހަރަކާތް
އީދު ފާހަގަ ކުރުމުގެ ގޮތުން ކުރިޔަށް ގެންދާ ކޯޑި ނެގުމުގެ ހަރަކާތް
ފޮރިން މިނިސްޓްރީ
އީދު
ހޯމް މިނިސްޓްރީން އީދު ފާހަގަކުރުން ހިންނަވަރުގައި
އީދުގެ ހަރަކާތްތައް މިނިސްޓްރީގެ ފަރާތުން ކުރިއަށްގެންދާނީ މި އޮގަސްޓްމަހުގެ 11 އަދި 12 ވަނަ ދުވަހު
އީދު ފާހަގަކުރާ ރަށަކަށް ހިންނަވަރު ހަމަޖެއްސީ ޕްރޮޕޯސަލް ހުށައެޅި 6 ރަށުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލްއެއް ހުށައެޅި ރަށަކީ ހިންނަވަރު ކަމަށްވާތީ

މިއަހަރުގެ އަޟްހާ އީދު ޅ.ހިންނަވަރުގައި ފާހަގަކުރަން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ނިންމަވައިފިއެވެ.

ހިންނަވަރުގެ ކައުންސިލާ ގުޅިގެން އެރަށުގައި އީދުގެ ހަރަކާތްތައް މިނިސްޓްރީގެ ފަރާތުން ކުރިއަށް ގެންދާނީ މި އޮގަސްޓްމަހުގެ 11 އަދި 12 ވަނަ ދުވަހު ކަމުގައި މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ބުނެއެވެ.

އީދު ފާހަގަކުރާ ރަށަކަށް ހިންނަވަރު ހަމަޖެއްސީ މިނިސްޓްރީއާ ގުޅިގެން އީދުފާހަގަކުރަން ބޭނުންވާ ރަށްތަކުން ޕްރޮޕޯސަލް ހުށައެޅުމަށް އެދި ކައުންސިލްތަކަށް ފޮނުވި ސަރކިއުލައާ ގުޅިގެން ޕްރޮޕޯސަލް ހުށައެޅި 6 ރަށުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލްއެއް ހުށައެޅި ރަށަކީ ހިންނަވަރު ކަމަށްވާތީކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

ހިންނަވަރުގައި އީދު ފާހަގަކުރަން ނިންމުމުގެ ކުރިން މިނިސްޓްރީގެ ފަރާތުން ޓީމެއް ވަނީ އެރަށަށް ޒިޔާރަތްކޮށް މުއައްސަސާތަކާ ބައްދަލުކޮށް މަޝްވަރާކޮށް، މައުލޫމާތު އޮޅުންފިލުވާފައެވެ.

Advertisement

ހިންނަވަރުގައި އީދުގެ ހަރަކާތްތައް ކުރިއަށްގެންދާނީ ޘަޤާފީ ކުޅިވަރުތަކާއި، ސްޓޭޖް ހަރަކާތްތައް ހިމެނޭގޮތަށް ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން އިތުރަށް ބުނީ ހިންނަވަރުގައި އީދު ފާހަގަ ކުރުމަށް އެރަށުގެ ރައްޔިތުން މިހާރު ގެންދަނީ ތައްޔާރު ވަމުންކަމުގައެވެ.

ހިންނަވަރުގައި ކުރިއަށް ގެންދާ އީދު ކުޅިވަރުތައް ޓީވީން ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް