Advertisement
ކ. މާލެ
|
3 އޯގަސްޓް 2019 | ހޮނިހިރު 13:20
ުުއުމަރު އަބްދުއްރައްޒާގު ސްރީލަންކާގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އެމިގްރޭޝަން އާއި ސަލާމްކުރައްވަނީ
ުުއުމަރު އަބްދުއްރައްޒާގު ސްރީލަންކާގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އެމިގްރޭޝަން އާއި ސަލާމްކުރައްވަނީ
ޓްވިޓަރ
ވިސާ މައްސަލަ
ވިސާ ހޯދުމުގައި ލުއިގޮތްތަކެއް ލިބޭތޯ މަޝްވަރާކޮށްފި
ވިސާ މައްސަލައަށް އަވަސް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައި
އެކި ބޭނުންތަކުގައި 20،000 (ވިހި ހާސް) އަށް ވުރެ ގިނަ މީހުން ލަންކާގައި ދިރިއުޅޭ
ވިސާ ދޫކުރަމުން އައި އުސޫލަށް ބަދަލު ގެނެސްފައިވަނީ މެއި މަހުގެ 15 ވަނަ

ސްރީލަންކާއިން ދިވެހިންނަށް ވިސާ ހޯދުމުގައި ދިމާވެފައިވާ ދަތިތަކައް ހައްލެއް ހޯއްދެވުމަށް، ސްރީލަންކާގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން، އާއި ދިވެހިރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒާގު މަޝްވަރާކުރައްވައިފިއެވެ.

ލަންކާއިން ދިވެހިންނަށް ވިސާ ލިބުމުގައި ދިމާވެފައިވާ ދަތިތަކަށް އަވަސް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ވިސާ ހޯދުމުގައި ދަތިތަކާއި ކުރިމަތިލާންޖެހިފައިވަނީ މި އަހަރުގެ އެޕްރީލްމަހުގެ 21 ވަނަ ދުވަހު، އެ ގައުމަށް ދިން ޓެރަރިސްޓް ހަމަލާތަކާއި ގުޅިގެން ވިސާ ދޫކުރުމުގެ އުސޫލަށް ގެނައި ބަދަލާއި ގުޅިގެންނެވެ.

Advertisement

ކުރިން ދިވެހިންނަށް ޓުއަރިސްޓް ވިސާގައި ލަންކާއަށް އެތެރެވުމަށްފަހު، ރެޒިޑެންޓް ވިސާއަށް އެދެވެއެވެ. މި އުސޫލު ބަދަލުކޮށްފައިވަނީ މެއި މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. އުސޫލަށް ގެނައި ބަދަލާއެކު، ސްރީލަންކާގައި ރެޒިޑެންސް ވިސާގައި ތިބެން ބޭނުންވާ ދިވެހިން، ވިސާ ނަގަންޖެހެނީ ރާއްޖޭގައި ހުންނަ ސްރީލަންކާ އެމްބަސީންނެވެ. ވިސާ ދޫކުރުމުގެ އުސޫލަށް ބަދަލު ގެނައިރު ލަންކާގައި ދިރިއުޅެމުން އައި ފަރާތްތަކަށް، ލަންކާއިން ވިސާ އައު ކުރަމުން ގެންދެވޭނެއެވެ.

ގައުމުން ބޭރުގައި އެންމެ ގިނަ އަދަދަކަށް ދިވެހިން އުޅޭ ގައުމަކީ ސްރީލަންކާއެވެ. ގާތްގަނޑަކަށް 20،000 (ވިހި ހާސް) އަށް ވުރެ ގިނަ މީހުން އެކި ބޭނުންތަކުގައި އެގައުމުގައި ދިރިއުޅެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް